ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)229-IED/229/2024/24
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 03 އޮކްޓޫބަރު 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަތޮޅުކައުންސިލުން ބޭއްވުމަށް ނިންމާފައިވާ ފުޓްސަލް މުބާރާތް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ސުރުޚީގައި ދެންނެވިފައިވާ މުބާރާތް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތުތަކާއެއްގޮތަށް ހިންގައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މި މުބާރާތް ހިންގައިދިނުމަށް ފުރުޞަތު ހުޅުވާލެވިފައިމިވަނީ ރ. އަތޮޅުގެ ރަށުކައުންސިލްތަކާއި ރ. އަތޮޅުގެ ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކަށް ކަމުގައި ދަންނަވަމެވެ. އަދި ކުލަބުޖަމުޢިއްޔާ ޖަމާއަތަކުން މި މިމުބާރާތް ހިންގައިދިނުމަށް އެދި ޕްރޮޕޯސަލް ހުށައަޅުއްވާއިރު އެރަށެއްގައި، އެޖަމާޢަތަކުން މަތީގައި ބަޔާންކުރެވުނު މުބާރާތް ހިންގުމާމެދު ރަށުކައުންސިލްގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީއާއިއެކު ހުށައެޅުއްވުން އެދެމެވެ. 

ވީމާ، މި މުބާރާތް ހިންގައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރަށްވާ 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މިއިދާރާ މެއިލްކޮށްދެއްވުން އެދެމެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 03 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ށް މި އިދާރާއަށެވެ. ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

24 ސެޕްޓެންބަރު 2024