މަސައްކަތް
ނަންބަރު: (IUL)236-CA/236/2024/35
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 14 އޮކްޓޫބަރު 2024 13:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޯލާ ޕެނަލް ސަޕްލައިކޮށްދީ، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް.

                               އިޢުލާން

       މުލަކަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށް (ރަތްމަންދޫ، ވޭވަށް، މުލައް، މުލި، ނާލާފުށި، ކޮޅުފުށި، ދިއްގަރު އަދި މަޑުއްވަރީ) ގައި، ދެފަރާތުން އެއްބަސްވާ ތަންތަނުގައި، އެ ތަނަކަށް ކަނޑައެޅިފައިވާ ކޯޓާއަށް ބިނާކޮށް، އެ ތަނަކާ އެކަށީގެންވާ (އޮންގްރިޑް/އޮފްގްރިޑް 3 ފޭސް) ސޯލާ ޕެނަލް ނިޒާމުތައް ދިގު މުއްދަތަކަށް ފަހުން ފައިސާ ދައްކާ އުސޫލުން ސަޕްލައިކޮށްދީ، އިންސްޓޯލްކޮށްދީ، އަދި ދެފަރާތުން އެއްބަސްވާ މުއްދަތަކަށް މެއިންޓަނަންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް.


ބިޑު ހުށަހެޅުމުގެ ދަޢުވަތު

1. މ. އަތޮޅުގެ 08 ރަށުގެ އެއްބަސްވެވޭ ތަންތަނުގައި  އެތަނަކަށް ލިބޭ ކޯޓާއަށްބަލައި  އެތަނަކާ އެކަށީގެންވާ  (އޮންގްރިޑް/ އޮފް ގްރިޑް (3 ފޭސް) ސޯލާ ޕެނަލް ސިސްޓަމްތައް ދިގުމުއްދަތަކުން އަނބުރާފައިސާ ދައްކާގޮތަށް ސަޕްލައި ކޮށްދީ، އިންސްޓޯލްކޮށްދީ އަދި ދެފަރާތުން އެއްބަސްވެވޭ މުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

2. "މި މަސައްކަތަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ ދަށުންނެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި، ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރުމަށް ބޭނުންކުރާނެ މިންގަނޑުތައް ބީލަން ފޮތުގައި ތަފްސީލުކޮށް ބަޔާންކުރެވިފައިވާނެއެވެ. ވީމާ، ޝަރުޠު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފޮތް ބައްލަވައި، އެއާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

3. މިބީލަމުގައި ބައިވެރިވުމަށް   -/1,000ރ (އެއްހާސް) ރުފިޔާ ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2024 ސެޕްޓެމްބަރ 25 އިން 2024 އޮކްޓޫބަރު 08 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7709700401001 (1408 ރެވެނިއު 1) އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

4. މި މަޝްރޫޢާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ އިލެކްޓްރޯނިކް ނުސްޚާ (ސޮފްޓް ކޮޕީ) 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބިޑާ ގުޅޭގޮތުން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެކެވެ.

5. މި ޕްރޮޖެކްޓާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 2024 އޮކްޓޫބަރު 14 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން info@meem.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

6. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޫބަރު 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅާ ފަރާތްތަކުން އެ ފަރާތުގެ ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން، ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މ.އަތޮޅު ކައުންސިލްގެ އިދާރާ
ހަވީރީހިނގުން / މ.މުލި
ފޯން:  7794309
އީމެއިލް info@meem.gov.mv

24 ސެޕްޓެންބަރު 2024