ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESD/365/2024/12
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 03 އޮކްޓޫބަރު 2024 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލީގައި ރަޖިސްޓްރީކޮށްފައިވާ ކުލަބު ޖަމްޢިއްޔާތަކަށް މުލިން ބިން ދޫކުރުމާއި ގުޅޭ

އިޢުލާން

މުލީގައި ރަޖިސްޓްރީކޮށްފައިވާ ކުލަބު ޖަމްޢިއްޔާތަކަށް މުލިން ބިން ދޫކުރުމާއި ގުޅޭ

މިރަށުގައި ރަޖިސްޓްރީވެފައިވާ ކުލަބު ޖަމްޢިއްޔާތަކަށް ބިންދޫކުރުމަށް މިކައުންސިލްއިން ކޮއްފައިވާ ނަމްބަރ: (IUL)365-ESD/2024/74 (13 އޮގަސްޓް 2024) އިޢުލާނަށް އެއްވެސް ކުލަބު ޖަމްޢިއްޔާއަކުން ކުރިމަތިލާފައި ނުވާތީ އަލުން އެފުރުސަތު ހުޅުވާލަމެވެ.

މުލީގައި ރަޖިސްޓްރީވެފައިވާ ކުލަބު ޖަމްޢިއްޔާތަކުގެ ބޭނުންތަކަށް މިރަށުން ބިން ދޫކުރުމުގެ މަޤްޞަދުގައި މި ކައުންސިލުން އެކުލަވާލާ 04 ޖޫން 2024 ގައި ފާސްކޮށްފައިވާ "މ.މުލީގައި ރަޖިސްޓްރީ ވެފައިވާ ކުލަބު ޖަމްޢިއްޔާތަކަށް މ.މުލިން ބިން ދޫކުރުމުގެ އުސޫލު 2024" (އުސޫލު ނަމްބަރު: 365-ESD/USL/2024/01) 13 އޮގަސްޓް 2024 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، ބިން ބޭނުންވާ މުލީގައި ރަޖިސްޓްރީވެފައިވާ ކްލަބު ޖަމްޢިއްޔާތަކުން 03 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ info@muli.gov.mv އަށެވެ. އަދި ބިމަށް އެދި ހުށަހަޅުއްވާއިރު ފާސްކުރެވިފައިވާ އުސޫލުގެ 4 ވަނަ މާއްދާގެ ބ. ގެ (10) ގައި "ބިން ދޫކުރުމުގައި ޕޮއިންޓް ދޭނެގޮތުގެ ތަފްސީލު" އަށް ރިއާޔަތްކުރައްވާ އެމާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

21 ރަބީޢުލްއައްވަލް 1446

24 ސެޕްޓެމްބަރ 2024

24 ސެޕްޓެންބަރު 2024