މަސައްކަތް
ނަންބަރު: (IUL)226-H/226/2024/25
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 20:55
ސުންގަޑި: 07 އޮކްޓޫބަރު 2024 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލްގެ ތަމްރީނު ހޯލުގެ ފުރަތަމަ ފޭސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ހދ އަތޮޅު ކައުންސިލްގެ ތަމްރީނު ހޯލުގެ ފުރަތަމަ ފޭސްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް: https://www.haadhaal.gov.mv/bid-register

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ-ބިޑް މީޓިންގ (މައުލޫމާތު ސެޝަން)

30 ސެޕްޓެމްބަރު 2024 (ހޯމަ)

11:00

ރަޖިސްޓަރ ވުމުގެ ސުންގަޑި

01 އޮކްޓޯބަރ 2024 (ބުރާސްފަތި)

11:00

ސުވާލު ފޮނުވުމުގެ ސުންގަޑި

އީމެއިލް: procurement@haadhaal.gov.mv

01 އޮކްޓޯބަރ 2026 (ބުރާސްފަތި)

11:00

ބީލަންތައް ހުޅުވުން

07 އޮކްޓޯބަރ 2024 (ހޯމަ)

11:00

ތަން: ހދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6521646 ، 6521692 ނުވަތަ 6521637 އަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަން ހުޅުވާލެވިފައިމިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.

މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް  https://haadhaal.gov.mv/ގައި 24 ސެޕްޓެމްބަރ 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތީލާ ފަރާތުގެ ޒިންމާއެކެވެ.

24 ސެޕްޓެންބަރު 2024