މަސައްކަތް
ނަންބަރު: (IUL)332-ADHR/332/2024/105
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 03 އޮކްޓޫބަރު 2024 12:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު

 

  1. މިއިދާރާގެ ނަންބަރު (IUL)332-ESD/332/2024/91 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮފޯސަލް ހުށަހަޅާފައިނުވާތީ 2 (ދޭއް) ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
  2. އަމިއްލަ ތަކެތީގައި ކ.ދިއްފުށީ އޮނޑިހަނު ޕާކު މަރާމާތުކޮށް އިތުރަށް ތަރައްޤީކުރުމާއި ޕާކް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝާޢުގުވެރިވާ ހުރިހާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
  3. މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާއިން، ދިވެހި ސަރުކާރުގެ ގެޒެޓް، ދިއްފުށީ ކައުންސިލް ވައިބާ ކޮމިއުނިޓީ ގްރޫޕްއިން ލިބެންހުންނާނެއެވެ.
  4. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކ.ދިއްފުށީގައި ވިޔަފާރިކުރަމުންދާ ފަރާތްތަކަށެވެ. އަދި ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރ: 2022/3) ގެ ދަށުން ކ.ދިއްފުށީގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާތަކަށެވެ.
  5. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ މެއިލް info@dhiffushi.gov.mv އަށް ޕްރޮޕޯސަލް މެއިލްކޮށްދެއްވުން އެދެމެވެ. މެއިލް ލިބުނުތޯ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ޔަޤީންކުރަންވާނެއެވެ.
  6. މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 02 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.

ފޯން: 6640071

އީމެއިލް: info@dhiffushi.gov.mv

25 ސެޕްޓެންބަރު 2024