މަޤާމު: ގްރެފިކް ޑިޒައިނަރ (ވަގުތީ)
|
ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް:
|
އެމް.އެސް 1
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/5,610 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން
|
މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ މިނިވަން ރަންޔޫބީލް އޮފީސް/ މާލެ
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި މަލްޓިމީޑިޔާ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި މަލްޓިމީޑިޔާ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިކޮށްފައިވުން، ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި މަލްޓިމީޑިޔާ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ގްރެފިކް ޑިޒައިން ސޮފްޓްވެއަރ ބޭނުންކޮށްގެން ޕޯސްޓަރ ފަދަ ތަކެތި ތައްޔާރުކުރުމާއި، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ގްރެފިކް ޑިޒައިނިންގ، އޮޓޯކޭޑް، ކޮރަލްޑްރޯ، ފޮޓޯޝޮޕް، ސްޕްރެޑްޝީޓް ބޭނުންކުރަން އެނގުން
- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
- މިމަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
|
މަޤާމު: އޮފީސް އެސިސްޓެންޓް (ވަގުތީ)
|
ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ރޭންކް:
|
އެސް.އެސް 2
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/3,470 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ ތަން
|
މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ މިނިވަން ރަންޔޫބީލް އޮފީސް/ މާލެ
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
މީގެތެރޭގައި ލިޔަންކިޔަން ދަތުމާއެކު، މަގާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- މިނިވަން 50 އޮފީހުން އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުމާއި، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގާ އެހެނިހެން މަސައްކަތް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
|
މަޤާމު: މަސައްކަތު (ވަގުތީ)
|
ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
ރޭންކް:
|
އެސް.އެސް 1
|
ބޭނުންވާ އަދަދު:
|
2
|
މުސާރަ: މަހަކު -/3,100 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ ތަން
|
މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ މިނިވަން ރަންޔޫބީލް އޮފީސް/ މާލެ
|
އަސާސީ ޝަރުޠު:
|
- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ކޮންމެ ދުވަހަކުވެސް އޮފީސް ފޮޅައި ސާފުކުރުން
- އޮފީހުގެ ފާޚާނާއާއި ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުން
- އެކިއެކި ބައްދަލުވުމަށް ބޭނުންވާ ސައިގެ ކަންތައްތައް ހަމަޖެއްސުން
- އަދި އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގާ އެހެނިހެން މަސައްކަތް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:
|
25 ޖޫން 2015 ން 15 ޖުލައި 2015 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) ގައި.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމުތަކަށް ހޮވޭ މުވައްޒަފުން ޚިދުމަތްކުރަންޖެހޭ މުއްދަތަކީ 2016 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ކުރިން މަސައްކަތްތައް ނިމިއްޖެނަމަ، މި މަޤާމުތަކަށް ހޮވޭ ފަރާތްތަކާމެދު ވެވިފައިވާ އެއްބަސްވުން އުވާލެވޭނެއެވެ.
- މި މަގާމުތަކަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޟެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
22 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.
|