ބީލަން
ނަންބަރު: (IUL)425-A2/1/2024/294
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 08 އޮކްޓޫބަރު 2024 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްކުރާ ފަންނީ މީހުން ބޭނުންކުރާ އާލާތްތައް (ޓޫލްސް) އާއި މިސްކިތްތަކަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައި ކުރުމާ ގުޅޭ،

މާލެ ސިޓީ ކައުންސިލްގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްކުރާ ފަންނީ މީހުން ބޭނުންކުރާ އާލާތްތައް (ޓޫލްސް) އާއި މިސްކިތްތަކަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

        

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 އޮކްޓޯބަރ 08 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

 

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 އޮކްޓޯބަރ 06 ވާ އާދިއްތް ދުވަހުގެ 12:00 ގެ ކުރިން bids@malecity.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

26 ސެޕްޓެންބަރު 2024