ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2024/64
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:36
ސުންގަޑި: 09 އޮކްޓޫބަރު 2024 15:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2024 (މުއްދަތު އިތުރުކުރެވިފައި)

ޤާނޫނު ނަންބަރު 15/2024 (ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ ގެ ދަށުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް މި ކައުންސިލުން ކޮށްފައިވާ ނަންބަރު 480/IUL/2024/61 އިޢުލާނުގެ ސުންގަނޑި ތިރީގައިވާ ގޮތަށް އިތުރުކޮށްފީމެވެ.  

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ބަލައިގަންނާނީ 9 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށެވެ.

ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

  1. ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ 05 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  2. ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  3. ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން. 

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭފަރާތްތަކުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި ހުށަހަޅަން ވާނެއެވެ.

  1. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު؛
  2. އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ؛
  3. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ފުރިހަމަކޮށްފައިވާ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު؛
  4. އިންތިޚާބަށް ކުރިމަތިލާމީހާގެ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ (JPEG ފޯމެޓުގައި) ސޮފްޓް ކޮޕީއެއް.)؛
  5. އިންތިޚާބަށް ކުރިމަތިލާ މީހާގެ މަންދޫބުންގެ ގޮތުގައި އައްޔަނު ކުރާ މީހުންގެ މައުލޫމާތު ޝީޓު؛ އަދި
  6. އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ -/5,000 (ފަސްހާސް ރުފިޔާ).

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުއެވެ. މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ބާ ކައުންސިލުގެ ވެބްސައިޓް maldivesbarcouncil.org އިން ޑައުންލޯޑު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

26 ސެޕްޓެންބަރު 2024