ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2024/65
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 26 އޮކްޓޫބަރު 2024 00:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2024 ގައި ޝަކުވާ ހުށަހެޅުމުގެ ނިޒާމް ޤާއިމުކުރުން

21 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

އިންތިޚާބާގުޅޭ ޝަކުވާތައް ބެލުމަށް ހަމަޖެހިފައިވަނީ، ގަވާއިދު ނަންބަރު: 2022/R-62 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު) ގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާއިމުކޮށްފައިވާ ޢާންމު މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުން އެކުލެވޭ "ޝަކުވާ ބަލާ ކޮމިޓީ" އިންނެވެ. މި ކޮމިޓީއަށް ޢައްޔަނުކޮށްފައިވަނީ އަންނަނިވި ފަރާތްތަކެވެ.

  1. އަލްއުސްތާޛު ޙާމިދު އިސްމާޢީލް (2019/4)
  2. އަލްއުސްތާޛާ އާމިނަތު ރުކްޝާނާ އިބްރާހީމް (2005/29)
  3. އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް (2015/24)

އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 23 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ 20:00 އާ ހަމައަށެވެ.

ޝަކުވާ ފޯމް ލިންކް: https://forms.gle/p7hLP6LrsThH8pdz5

26 ސެޕްޓެންބަރު 2024