ބީލަން
ނަންބަރު: (IUL)425-A2/1/2024/295
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 23:18
ސުންގަޑި: 08 އޮކްޓޫބަރު 2024 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުމާލެ ފޭސް 2 ގައި ގާއިމްކުރަމުންދާ ޕެޓް ޝެލްޓަރގެ ސެކިޔުރިޓީ ވަރުގަދަ ކުރުމަށް ސީސީޓީވީ މޮނިޓަރިންގް ސިސްޓަމް ހެދުމަށް ބޭނުންވާ ސެޓްއަޕް ހެދުމާ ގުޅޭ،

ހުޅުމާލެ ފޭސް 2 ގައި ހަދަމުންދާ މިއިދާރާގެ ޕެޓް ޝެލްޓަރގެ ސެކިޔުރިޓީ ވަރުގަދަ ކުރުމަށް ސީސީޓީވީ މޮނިޓަރިންގް ސިސްޓަމް ހެދުމަށް ބޭނުންވާ ސެޓްއަޕް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

        

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 އޮކްޓޯބަރ 08 ވާ އަންގާރަ  ދުވަހުގެ 11:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

 

މި އިޢުލާނާ އެކު މައުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 އޮކްޓޯބަރ 06  ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން bids@malecity.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

26 ސެޕްޓެންބަރު 2024