ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)BCC-AS/1/2024/84
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:50
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރު އެކުލަވައިލުން

ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް މި ކޯޕަރޭޝަނުން ވަނީ ނިންމައިފައެވެ.

މިގޮތުން، އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރެވޭނެ އުސޫލު އިޢުލާނުކޮށް، އެ ފަރާތްތަކަށް ދަފްތަރުވުމުގެ ފުރުސަތު ހުޅުވައިލަމެވެ.

ވީމާ އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން މި ދަފްތަރުގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކު ހިމަނާފައިވާ ލިންކު މެދުވެރިކޮށް އޮންލައިންކޮށް މި ކޯޕަރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

 

ދަފްތަރުގެ ލިންކް: Self Employed Persons Registry | BCC

 

އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރުވުމުގެ އުސޫލު މި އިޢުލާނާއެކު ހިމަނައިފައިވާނެއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު މި ކޯޕަރޭޝަނުގެ ނަންބަރު 3305555 އަށް ގުޅުއްވައިގެން ނުވަތަ info@bcc.mv އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި ކޯޕަރޭޝަނުން އެހެން ގޮތަކަށް އަންގާ އިޢުލާނު ކުރަންދެން ދަފްތަރުވުމުގެ ފުރުސަތު އާންމުކޮށް ހުޅުވިފައި އޮންނާނެއެވެ.

27 ސެޕްޓެންބަރު 2024