ކުއްޔަށް ދިނުން
ނަންބަރު: (IUL)414-1/414/2024/100
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 30 ސެޕްޓެންބަރު 2024 11:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ހަދާ ހިންގުމަށް ގއ. ކަނޑުހުޅުދޫ ޓުއަރިޒަމް ޒޯން އިން ބިން ކުއްޔަށް ދޫކުރުމާބެހޭ

ގެސްޓްހައުސް ހަދާ ހިންގުމަށް ގއ. ކަނޑުހުޅުދޫ ޓުއަރިޒަމް ޒޯން އިން ބިން ކުއްޔަށް ދޫކުރުމާބެހޭ

        ގެސްޓް ހައުސް ހަދާ ހިންގުމަށް މިރަށުގެ ގެސްޓްހައުސް ޒޯންއިން 04 ބިން 3000އަކަފޫޓް، 03 ބިން 5000އަކަފޫޓް، 02 ބިން 10000އަކަފޫޓުގެ ބިން 50 (ފަންސާސް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން.

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 13 އޮކްޓޫބަރ 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، procurement@kanduhulhudhoo.gov.mv މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ.

-          މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މައުލޫމާތު ދިނުން.

  • ބީލަންވެރިންނަށް މައުލޫމާތު އޮންނާނީ 15 އޮކްޓޫބަރ 2024 ވަނަ ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ. މި ބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.

 

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލައެއްވާނަމަ އީމެއިލް ކުރައްވާނީ 15 އޮކްޓޫބަރ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލުގެ procurement@kanduhulhudhoo.gov.mv މެއިލަށެވެެ.

 

 

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 30 އޮކްޓޫބަރ 2024 ވަނަ ދުވަހު 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކުސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

 

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020، މޯލްބައިލް: 7916100

އީމެއިލް:procurement@kanduhulhudhoo.gov.mv

29 ސެޕްޓެންބަރު 2024