ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2024/39
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 09 އޮކްޓޫބަރު 2024 12:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ ކުނިމެނޭޖްކުރާ މަރުކަޒު ޤާއިމްކުރާ ސަރަހައްދުގައި ހުރި 64 ރުއް ކެނޑުމާއި ގުޅޭ

ބަނޑިދޫ ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމްކުރާ ބިމުގައި ހުރި ފޯދުނުރުއްތައް ކަނޑަން ބޭނުންވެއެވެ. މިހާރު ކުނި މެނޭޖުކުރާ ސެންޓަރުގެ އުތުރުން ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމްކުރުމަށް ހަމަޖެހިފައިވާ ބިމުގައި ކެނޑުމަށް ހަމަޖެހިފައިވާ ރުއްތައް ފާހަގަކުރުމަށް މަޑު ފިޔާތޮށިކުލައިން ނަންބަރުޖަހާ ފާހަގަ ކޮށްފައިވާނެއެވެ.

ވީމާ، މިދެންނެވިގޮތަށް ނަންބަރު ޖަހާފައިހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެފަރާތުން ރުއް އިންދި އަހަރާއި އެއީ އެފަރާތެއްގެ ރުކެއްކަން އެނގޭނޭ ދެ ހެކިވެރިންގެ މަޢުލޫމާތާއެކު 09 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ކުރިން މިޢިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 25 ސެޕްޓެމްބަރ 2024

 

29 ސެޕްޓެންބަރު 2024