ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/70
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 17 އޮކްޓޫބަރު 2024 14:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރާ ސަރަޙައްދުގެ މަގުތަކަށް އަރާ ރުއްގަހުގެ ވެރިން ހޯދުން

                  މިރަށުން ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ މަގުތަކަށް އަރާފައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ. އެބިމުގައި ވާ ރުއްގަހުގައި މިކައުންސިލުން ވާނީ ދަވާދުން ނަންބަރު ޖަހާފައެވެ.  ނަންބަރު ޖަހާފާވާގޮތުގެ ތަފްޞީލް ތިރީގައި މި ވަނީއެވެ.

#

ސަރަހައްދު

ނަންބަރު

ކުލަ

1

ސިއްޙީ މަރުކަޒު އުތުރުން ވިލްރޯސްގޭ ދެކުނު އިރުން ހުޅަނގަށް ދާ މަގު

1 ން 61 އަށް

ރަތް އަދި އަޅި ކުލައިގެ ދަވާދުން

2

ދީފްރަމްގޭ އިބްރާހީމް ރަޝީދު ގޯތީގެ އުތުރު މަގުން

1 ން 14 އަށް

ރަތް ކުލައިގެ ދަވާދުން

3

އަމާޒް ގޯތީގެ އުތުރު މަގުން

1 ން 9 އަށް

ރަތް ދަވާދުން

4

ކޯޓް އިރުން އުތުރަށްދާ މަގު

1A ން 147A އަށް

ރަތް/ ފެހި ދަވާދުން

5

ކޯޓް ހުޅަނގު މަގު

B1  ން B97 އަށް

ރަތް/ ފެހި ދަވާދުން

6

އިންޖީނުގޭ އިރުން ދެކުނަށްދާ ބޮޑު މަގު

C1 ން C221އަށް

ރަތް/ ފެހި ދަވާދުން

7

ހިތަށްފިނިވާ މަގު އިރުމަތި

D1 ން D26  އަށް

ރަތް ދަވާދުން

8

ޢީދުކުޅޭ މަގު އިރުމަތި

E1 ން E57 އަށް

ރަތް ދަވާދުން

9

ދުވާފަރު މަގު އިރުމަތި

F1 ން F32 އަށް

ރަތް ދަވާދުން

10

ގަހާ ގެ އުތުރު މަގު

G1 ން G20 އަށް

ރަތް ދަވާދުން

11

ޖަންބުގެ ދެކުނު މަގު

1 ން 23 އަށް

ރަތް ދަވާދުން

 

 

 

                ވީމާ މި ނަންބަރުތައްޖަހާފައިވާ ރުއްގަހުގެ ވެރިން އެރުއްގަހުގައި މިކައުންސިލުން ޖަހާފައިވާ ނަންބަރާއެކު 17 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި ކައުންސިލް އިދާރާއަށް ދުރުވެ ރުއްގަހުގެ މަޢުލޫމާތު ދެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.   

                  ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

                        27 ރަބީޢުލްއައްވަލް 1446

30 ސެޕްޓެންބަރު 2024