ބީލަން
ނަންބަރު: (IUL)22-PU/22/2024/363
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 05 އޮކްޓޫބަރު 2024 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީ.އެޗް.އެސް.އީ މާލެ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސީ.އެޗް.އެސް.އީ މާލެ ސްކޫލުގެސެކިއުރިޓީ ބެލެހެއްޓުން:

1. ސީ.އެޗް.އެސް.އީ މާލެ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ބޭނުންވާ މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2024 ސެޕްޓެންބަރު 30 ން 2024 އޮކްޓޫބަރު 05 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:forms.moe.gov.mv

4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮކްޓޫބަރު 05 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 އޮކްޓޫބަރު 07 ވަނަ ދުވަހުގެ 11:00 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 3 ގައެވެ.

6. މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

7. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން: 3341436 / 3341460

އީ-މެއިލް: އީ-މެއިލް: procurement@moe.gov.mv

30 ސެޕްޓެންބަރު 2024