މުބާރާތް
ނަންބަރު: (IUL)303-ISS/303/2024/72
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 06 އޮކްޓޫބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަތޮޅު ކައުންސިލުން އޮކްޓޯބަރ 15 ގައި ބޭއްވުމަށް ނިންމާފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމާއި ގުޅޭ.

އިއުލާން

 

ރ. އަތޮޅު ކައުންސިލުން އޮކްޓޯބަރ 15 ގައި ބޭއްވުމަށް ނިންމާފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމާއި ގުޅޭ.

ސުރުހީގައި ދެންނެވިފައިވާ މުބާރާތުގައި އުނގޫފާރު ތަމްސީލުކުރުމަށް ޓީމެއް ބައިވެރިކޮށް ޓީމް މެނޭޖުކުރުމުގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް ރަށުގައި އުފެދިފައިވާ ރަޖިސްޓަރޑް ކުލަބް ޖަމުޢިއްޔާތަކަށް ފުރުޞަތު ހުޅުވާލުމަށް ކައުންސިލްގެ އާއްމު ބައްދަލުވުމަކުން ނިންމާފައިވާތީ، މިއަދުން ފެށިގެން އޮކްޓޯބަރ 6 ވާ އާދިއްތަ ދުވަހުގެ 14:00 ށް ފުރުޞަތު ހުޅުވާލަމެވެ. ޝައުގުވެރިވާ ކުލަބު ޖަމާއަތްތަކުން އެކަން ބަޔާންކޮށް މިއިދާރާގެ ވައިބަރ ނަންބަރު 9318970 ނުވަތަ       info@ungoofaaru.gov.mv އަށް ކުލަބު / ޖަމިއްޔާގެ ނަމާއި ގުޅޭނެ ފަރާތެއްގެ ފޯނު ނަންބަރު ހިއްސާކޮށްދެއްވުން އެދެމެވެ. ކައުންސިލުން ކުލަބު ޖަމިއްޔާތަކަށް ހުޅުވާލާ މިފަދަ ކޮންމެ ކަމެއްގައި ބަހައްޓަވައި ޝައުގުވެރިކަން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

30 ސެޕްޓެންބަރު 2024