ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/97
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 08 އޮކްޓޫބަރު 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫއިން ދިގުމުއްދަތަށް ސިނާއީ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބިމާއި ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.

ދިގު މުއްދަތަށް ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ބިން

މިއީ ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށުން، ދިގު މުއްދަތަށް ސިނާއި މަސައްކަތްކުރުމަށް ދޫކޮށްފައިވާ، ފުޅާމިނުގައި 109 ފޫޓު، ދިގުމިނުގައި 146 ފޫޓު ހުންނަ ބިމެކެވެ. މިބިން އޮންނާނީ މިހާރު ކުޅުދޫ އަވަށު ކުނިކޮށްޓާއި އިންވެގެން ހުޅަނގުންނެވެ. މިބިން އޮތް ސަރަހައްދުގައި ހުރި ރުއްގަހުގައި ނަންބަރު ޖަހާފައިވާނީ I1 އިން ފެށިގެން  I90 އާއި ހަމަޔަށް ގަދަ ނޫ ކުލައިންނެވެ.

ދިގު މުއްދަތަށް ދަނޑުވެރިކަންކުރުމަށް ދޫކޮށްފައިވާ ބިން

މިބިމަކީ ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދިގު މުއްދަތަށް ދަނޑުވެރިކަންކުރުމަށް ދޫކޮށްފައިވާ 20،000 އަކަފޫޓުގެ ބިމެކެވެ. މިބިން އޮންނާނީ އަމީނީ މަގާ އިންވެގެން އިރުން، ކުޅުދޫ އަވަށުން އެންމެފަހުން ދޫކުރި ގެވަޅުތަކުގެ އުތުރުން 30 ފޫޓުގެ މަގެއް ދޫކޮށް، އެމަގާ އިންވެގެން އުތުރަށް 150 ފޫޓު ދިގަށެވެ. މިބިން އޮތް ސަރަހައްދުގައި ހުރި ރުއްގަހުގައި ނަންބަރު ޖަހާފައިވާނީ، A1 އިން A72 އަށް ގަދަ ނޫ ކުލައިންނެވެ.

ވީމާ، މިބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 08 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ނަންނޯޓްކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ. ފޯމް ހުށައަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ. ނުވަތަ އޮންލައިންކޮށްނަމަ ms@kendhikulhudhoo.gov.mv މި އީމެއިލް އެޑުރެހަށެވެ. ރުއްގަހުގެ ނަންބަރު ނޯޓްކުރާ ފޯމް، އަދި 2 ސަރަހައްދުގެ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރަމެވެ. އަދި ރުއްގަސް ނޯޓްކުރާ ފޯމް މިކައުންސިލުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ރަބީޢުލްއައްވަލް 1446

02  އޮކްޓޫބަރު  2024  

02 އޮކްޓޫބަރު 2024