ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2024-40
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 09 އޮކްޓޫބަރު 2024 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސް ކޯޑިނޭޓަރ

އިޢުލާން ނަންބަރު: ASND-HCM-IUL-2024-40

މަޤާމް: ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސް ކޯޑިނޭޓަރ

ބޭނުންވާ އަދަދު: 03

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން: ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މާލެ

މަސައްކަތު ގަޑި: 8:00 އިން 16:00

 

މަޤާމުގެ ޝަރުތު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  5ގެ ޑިޕްލޮމާ ނުވަތަ  6ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ތަޢުލީމީ ދާއިރާތައް:

1- ސޯޝަލް ޕޮލިސީ

2- ސޯޝަލް ސައިންސް

3- ސައިކޮލޮޖީ

4- ކައުންސެލިންގ

5- ޑިސެބިލިޓީ މެނޭޖްމަންޓް

6- ޑިސެބިލިޓީ ސްޓަޑީޒް

7- ޑިވެލޮޕްމަންޓް ސްޓަޑީސް

8- ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

1- ސޯޝަލް ސާވިސަސް

2- އެޑްމިނިސްޓްރޭޝަން

3- މެނޭޖްމަންޓް

  

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި، އެޖެންސީން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމް ތަކާއި ގުޅިގެން ހުށަހަޅާ އެޕްލިކޭޝަން ފޯމްތައް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގަވާއިދުތަކާއި އުސޫލާއި އެއްގޮތަށް ކުރުން.
  2. މި އެޖެންސީއަށް ހުށަހަޅާ އެހީގެ ފޯމްތައް ޕްރޮސެސް ކުރުމަށްޓަކައި ފޯމްތައް ޗެކްކޮށް، ޔުނިޓުގެ މުވައްޒަފުންނަށް ސިސްޓަމްގެ ތެރެއިން ފޯމްތައް އެސައިން ކުރުން.
  3.  މި އެޖެންސީއަށް ހުށަހަޅާ އެހީގެ ފޯމްތައް ވެރިފައިކުރުމާއި ކޮމިޓީ މެންބަރެއްގެ ހައިޞިއްޔަތުން ދުވަހުން ދުވަހަށް ކޮމިޓީއަށް ހުށަހަޅާ ފޯމްތައް ގަވާއިދާއި އުސޫލާއި އެއްގޮތަށް ނިންމުން.
  4. މި އެޖެންސީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ކޮމިޓީން ނިންމާ ފޯމްތަކަށް ޖަވާބުދޭންޖެހޭ އަވސްމިނުގައި ޖަވާބުދެވޭކަން ކަށަވަރުކުރުމާއި، ސެކްޝަނަށް ހުށަހަޅޭ ޝަކުވާތައް ދުވަހުން ދުވަހަށް ބަލާ އެ ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.
  5. މި އެޖެންސީގެ އެހީގެ ޕްރޮގްރާމްތަކާއި ގުޅިގެން މަހުން މަހަށް ތައްޔާރުކުރަންޖެހޭ ޕޭމަންޓް ލިސްޓްތައް އެމަހެއްގައި ކަނޑައަޅާފައިވާ ދުވަހަށް ތައްޔާރުކޮށް ބަޖެޓް ސެކްޝަނަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއިގުޅޭ މަސައްކަތްތަކާއި އަދި މި އެޖެންސީން ހިންގާ އެހެނިހެން ޕްރޮގްރާމްތަކުގެ މަސައްކަތްތަކާއި ގުޅިގެން ކުރިއަށްގެންދެވޭ މޮނިޓަރިންގ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެ މަސައްކަތްތައްކުރުން.
  7. މި އެޖެންސީގެ އެހީގެ ޕްރޮގްރާމްތަކާއި ގުޅޭ މަސައްކަތްތައް ނިންމުމަށް ބޭނުންވާ އެސް.އޯ.ޕީ ތައް ތައްޔާރުކޮށް ކަމާގުޅޭ މުވައްޒަފުންނާއި ޙިއްސާކުރުން.
  8. މި އެޖެންސީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ގުޅޭ ފޯމްތައް ނިންމުމަށް ބޭނުންވާ ގައިޑްލައިން ގަވާއިދާއި އުސޫލާއި އަދި ކޮމިޓީގެ ނިންމުންތަކަށް ރިޢާޔަތްކޮށް ތައްޔާރުކުރުމާއި އަދި ގަވާއިދާއި، އުސޫލާއި އަދި ކޮމިޓީގެ ނިންމުންތަކަށް ބަދަލެއް އަންނަ ޙާލަތުގައި ގަވާއިދުން ގައިޑްލައިން އަދާހަމަކުރުން.
  9. ހަވާލުކުރެވޭ މަސައްކަތާ ގުޅުން ހުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދުދީ މަސައްކަތްތައް ސުޕަރވައިޒް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  3. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
  4. ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.

 

މުސާރައާއި އިނާޔަތް:

- -/18،000.00 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި: 09 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، jobs@aasandha.mv އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

  

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

02 އޮކްޓޫބަރު 2024