ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2024/280
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 08 އޮކްޓޫބަރު 2024 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެސިސްޓެންޓް ބަޔޯމެޑިކަލް އިންޖިނިއަރ

 

                         އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގައި  މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން

ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

އެސިސްޓެންޓް ބަޔޯމެޑިކަލް އިންޖިނިއަރ

މަޤާމުގެ ނަންބަރު

J-346378

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ރޭންކް 7 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ރީޖަނަލް އެންޑް އެޓޯލް ހެލްތް ސާރވިސަސް ޑިވިޜަން/ ބަޔޯމެޑިކަލް އިންޖިނިއަރިންގ ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/14,273 ރުފިޔާ

މަޤާމުގެ އެލަވަންސް

-/6,661 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް : ހާޒިރުވާ ދުވަހަކަށް -/180
  3. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާއި އެއްގޮތައް ( 01 މޭ 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޞިއްޙީ ޚިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓްތަކާއި ޑިވައިސަސްތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަންތައް ތައްޔާރުކޮށް ޤަވާއިދުން އަދާހަމަކޮށް ބެލެއްހެއްޓުން.
  2. މިނިސްޓްރީގެ ދަށުން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ގަންނަ މެޑިކަލް އިކުއިޕްމަންޓާއި ޑިވައިސަސްތައް އިންސްޓޯލްކުރުމާއި ކޮމިޝަންކުރުމާއި އެޕްލިކޭޝަން އަދި ރިފްރެޝަރ ޓްރެއިނިންގ ދިނުމާއި ހޮސްޕިޓަލްތަކުގެ ބަޔޯމެޑިކަލް ޓެކްނީޝަނުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުން
  3. މިނިސްޓްރީގެ ދަށުން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ގަންނަ މެޑިކަލް އިކުއިޕްމަންޓާއި ޑިވައިސަސްތައް އިންސްޓޯލްކުރުމާއި ކޮމިޝަންކުރުމާއި އެޕްލިކޭޝަން އަދި ރިފްރެޝަރ ޓްރެއިނިންގ ދިނުމާއި ހޮސްޕިޓަލްތަކުގެ ބަޔޯމެޑިކަލް ޓެކްނީޝަނުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުން
  4. މިނިސްޓްރީގެ ދަށުން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ރީއެޖެންޓް ބޭސިސްގައި ބެހެއްޓޭ މެޑިކަލް އިކުއިޕްމަންޓްތަކާއި ޑިވައިސަސްތަކަށް ކުރެވޭ ސަރވިސް ކޮންޓްރެކްޓްތަކާއި މިނިސްޓްރީން ގަންނަ އިކުއިޕްމަޓްތަކާއި ޑިވައިސަސްތަކުގެ ކޮންޕްރިހެންސިވް މެއިންޓަނެންސް (ސީ.އެމް.ސީ) އާއި އެނުއަލް މެއިންޓަނެންސް (އޭ.އެމް.ސީ) ކޮންޓްރެކްޓްތަކަށް އެގްރީމަންޓްކުރެވޭ ކުރެވޭ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓަރ ކުރުމާއި ސަރވިސް ސަޕްލައަރ ޕާރފޯމަންސް ރިޕޯޓް ގަވާއިދުން ތައްޔާރުކޮށް ފިޔަވަޅު އެޅުމުގައި ގުޅުންހުރި ޑިވިޜަންތަކަށް ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން
  5. މެޑިކަލް އިކުއިޕްމަޓް އާއި ޑިވައިސަސް ގަތުމަށް މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތަކުގައި ހިމަނަންޖެހޭ މެޑިކަލް އިކުއިޕްމަޓްތަކާއި ޑިވައިސަސްގެ ރިކުއަރމަންޓް، މިނިސްޓްރީގެ ޑިޕާޓްމަންޓްތަކަށާއި މިނިސްޓްރީގެ ދަށުން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ މިންވަރާއި ފެންވަރަށް ބަލައި، އެކުލަވައިލައި، ޕޮލިސީ ލެވެލްއަށް ފަންނީ ލަފާ ދިނުމާއި އިކުއިޕްމަންޓްތަކުގެ ޓެކްނިކަލް އިވެލުއޭޝަން ހެދުމާއި ޑިސްޓްރިބިއުޝަން ލިސްޓް ތައްޔާރުކުރުމުގެ އިތުރުން ފިޒިކަލް އިންސްޕެކްޝަންތައް ހެދުން
  6. މިނިސްޓްރީގެ ދަށުން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ މެޑިކަލް އިކުއިޕްމަންޓްތަކާއި ޑިވައިސަސްތަކުގެ ތެރެއިން ބޭނުންނުކުރެވޭ ވަރަށް ހަލާކުވާ ތަކެތި ނައްތާލުމުގައި މިނިސްޓްރީގެ ގުޅުންހުރި ޑިވިޜަންތަކަށް ދޭންޖެހޭ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން
  7. ބަޔޯމެޑިކަލް ސެކްޝަނުން ކުރާ ފަންނީ މަސައްކަތްތަކާ ގުޅިގެން ކުރަން ޖެހޭ އިދާރީ އެންމެހާ މަސައްކަތްތައް ކުރުމާއި ލިޔެކިޔުމުން ބަލަހައްޓަންޖެހޭ ކަންކަން ބެލެހެއްޓުމާއި ރެކޯޑްތަކާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ފަސޭހަކަމާއެކު ހޯދޭނެގޮތަށް ފައިލްކޮށް ފައިލިން ސިސްޓަމް ބެލެހެއްޓުން
  8. މިނިސްޓްރީގެ އެހެނިހެން ޑިވިޜަން ޑިޕާޓްމަންޓްތަކަށް ދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
  9. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
  10. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން

 

މަޤާމުގެ ޝަރުތުތައް

  1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޢުލީމީ ރޮނގުތައް:

  • ބަޔޯމެޑިކަލް އިންޖިނިއަރިންގ
  • ބަޔޯއިންޖިނިއަރިންގ
  • މެޑިކަލް އިންޖިނިއަރިންގ
  • މެޑިކަލް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ
  • ބަޔޯމެޑިކަލް އިންފޮމެޓިކްސް،
  • އިލެކްޓްރިކަލް އިންޖިނިއަރިންގ
  • މެކޭނިކަލް އިންޖިނިއަރިންގ
  • ސިސްޓަމްސް އިންޖިނިއަރިންގ
  • ބަޔޯމެޑިކަލް ސައިންސަސް
  • މެޑިކަލް ސައިންސަސް އެންޑް ޓެކްނޯލޮޖީ

ގުޅޭ ވަޒީފާގެ ދާއިރާ

  • ބަޔޯ މެޑިކަލް އިންޖިނިއަރިންގ 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

 އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 08 އޮކްޓޫބަރ 2024 ވަނަ ދުވަހުގެ 13:30 ގެ ކުރިން jobs@health.gov.mv  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ،2024 އޮކްޓޫބަރު މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއްjobs@health.gov.mv  އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014416،3014409،3014407 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ jobs@health.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

02 އޮކްޓޫބަރު 2024