ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2024/165
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 31 އޮކްޓޫބަރު 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އެކުލަވާލައި ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ނާރެސް ޕޯޓަލްއަށް އަދާހަމަކުރުމާއި ގުޅޭ؛

ޤާނޫނު ނަންބަރ 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު"  އާއި އެއްގޮތްވާގޮތުގެ މަތިން މިރަށުގައި ދިރިއުޅޭ ބިދޭސީންނާއިބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވެއެވެ. މި ދަފްތަރުގެ މަޢުލޫމާތާއިއެކު ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރަޖިސްޓްރީކޮގެންނާއި ރަޖިސްޓްރީ ނުކޮށް ގެންގުޅޭ ބިދޭސީންގެ މަޢުލޫމާތުވެސް މިދަފްތަރުގައި ހިމެނުމަށް ބޭނުންވެއެވެ.

ވީމާ، މި ދަފްތަރުގައި ބިދޭސީން ރަޖިސްޓްރީކުރުމަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެފަރާތަކުން ގެންގުޅޭ ބިދޭސީން ރަޖިސްޓްރީކުރުމަށް އެދޭ ފޯމް 2024 އޮކްޓޯބަރ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.  އަދި 2024 އޮކްޓޯބަރ 10 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 13:00 އަށް ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

މަތީގައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއިބެހޭ މުވައްޞަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއިމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

02 އޮކްޓޫބަރު 2024