ބީލަން
ނަންބަރު: (IUL)274/INDIV/2024/126
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 14 އޮކްޓޫބަރު 2024 11:30
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ކައުންސިލްގެ އިދާރާގައި މުށި ޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ށ.ފޭދޫ ކައުންސިލްގެ އިދާރާގައި މުށި ޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫން (18/2024) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫން (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫން (2003/1) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން  02 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 13:00 އިން ފެށިގެން 08 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާގެ ކައުންޓަރަށް ނުވަތަ މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާ މައިކުރޮސޮފްޓު ފޯމް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.

މިބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިކައުންސިލްގެ މީޓިންރޫމުގައި އޮންނާނެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން 14 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 11:30 ގައި މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: esms@feydhoo.gov.mv

  ބީލަން ރަޖިސްޓްރީ ކުރަން އެދޭ ފޯމް: https://forms.office.com/r/h4PTXq27uY

 
02 އޮކްޓޫބަރު 2024