ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-HRS/199/2024/118
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 16 އޮކްޓޫބަރު 2024 13:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

އިޢުލާނު

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް  

މަޤާމުގެ ނަންބަރު:

J-322885

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް 

ސެކްޝަން/ ޔުނީޓް

ސޯޝިއަލް ޕްރޮޓެކްޝަން ޑިވިޜަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު 11,065.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

 

 

 

 

 

 

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ މަނަ، އެ އަދުދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.
  5. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 (މަހަކު 3,872.75 ރުފިޔާ).
  6. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް 50.00 ރުފިޔާ
  7. ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝިއަލް ޕޮލިސީ، ނުވަތަ  ސޯޝަލް ސައިންސްގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި  މަހަކު  3,098.02ރުފިޔާ ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 1,100.00 ރުފިޔާ ލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އެޖެންސީގެ މެންޑޭޓްގައި ކަނޑައެޅިފައިވާ ކަންތައްތައް ޙާޞިލުކުރުމަށް ބޭނުންވާ ގަވާއިދުތަކާއި، ސިޔާސަތުތަކާއި އަދި ޕްލޭންތައް އެކަށައަޅާ، އެޕްލޭންތައް ތަންފީޒުކުރުމަށް ސެކްޝަންތަކުގެ ވެރިންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރޮކޮށްދީ އަދި މެންޑޭޓް ތަންފީޒުކުރެވެމުންދާ މިންވަރު ބަލައި ނަތީޖާ ޙާޞިލުކުރާ މިންވަރު ޤަވާއިދުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.

2- އިޖްތިމާޢި ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް ބޭނުންވާ ގަވާއިދުތަކާއި ސިޔާސަތުތައް އަދި އެސް،އޯ.ޕީ ތައް ނޭޝަނަލް ސްޓެރެޓެޖިކް އެކްޝަންޕްލޭންގައި އެޖެންސީއަށް މަތިކޮށްފައިވާ ލަނޑުދަނޑިތައް ޙާޞިލުވާނެ ގޮތަށް އެކުލަވާލުމާއި ޕްރޮގްރާމްތަކުގެ މަސައްކަތްތައް މިގަވާއިދުތަކާއި ސިޔާސަތު އަދި އެސް،އޯ.ޕީ ތަކުގެ ދަށުން ކުރިއަށް ގެންދިއުމަށް ސެކްޝަންތަކުގެ ވެރިންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރުކޮށްދީ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ތަންފީޒުކުރެވޭކަން ޔަޤީން ކުރުން.

3- އިޖްތިމާޢީ ރައްކާތެރިކަމުގެ ދަށުން ފޯރުކޮށްދޭ އެހީތައް ފޯރުކޮށްދިނުމަށް ގާއިމުކުރެވިފައިވާ "ސޯޝަލް ޕްރޮޓެކްޝަން އިންފޮމޭޝަން ސިސްޓަމް" ހަރުދަނާކޮށް އެކަމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، މިސިޔާސަތުތައް ތަންފީޒުކުރުމަށް އެޖެންސީގެ ސެކްޝަންތަކާއި ކަމާއިގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނެސް އެފަދަ ފަރާތްތަކާއި މަޝްވަރާކޮށް މި ސިސްޓަމް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމާއި އެ މަސައްކަތްތައް ރާވައި ހިންގުން.

4- އެޖެންސީގެ މަސައްކަތްތަކާ ގުޅުންހުރި ރާއްޖެ ބައިވެރިވާ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމާއި، ރިޕޯރޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓުކުރުން އަދި އިޞްލާހު ގެންނަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންތައްތައް އިޞްލާހުކުރުމަށް ބާރުއެޅުމާއި އެޖެންސީއާއި ގުޅުންހުރި ހުރިހާ ދާއިރާތަކުން ތަފާސްހިސާބު އެއްކޮށް ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްކުރުމާއި އަދި އެޖެންސީއާއި ގުޅުންހުރި ތަފާސްހިސާބުތައް އެއްކުރުމުގެ މިންގަޑުތައް ކަނޑައަޅާ، ޑޭޓާބޭސްތައް ގާއިމުކޮށް ތަފާސްހިސާބު ބަލަހައްޓާ އެނަލައިޒްކޮށް މައުލޫމާތު ފެތުރުމުގެ މަސައްކަތްތައް ރާވައި ބެލެހެއްޓުން.

5- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީއެހީދިނުމަށް ބޭނުންވާ ގަވާއިދުތަކާއި ސިޔާސަތުތައް އަދި އެސް،އޯ.ޕީ ތައް އެކުލަވާލުމާއި ޕްރޮގްރާމްތަކުގެ މަސައްކަތްތައް މިގަވާއިދުތަކާއި ސިޔާސަތުތަކުކާއި ނޭޝަނަލް ސްޓެރެޓެޖިކް އެކްޝަންޕްލޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ސެކްޝަންތަކުގެ ވެރިންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރުކޮށްދީ އަދި އެމަސައްކަތް ހިނގާނުހިނގާ ގޮތް މޮނިޓަރކޮށް ޔަޤީން ކުރުން.

6- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ތެރަޕީގެ ޚަރަދު ހަމަޖައްސައި ދިނުމުގެ ޕްރޮގްރާމަށް ބޭނުންވާ އުޞޫލުތަކާއި ސިޔާސަތުތައް އަދި އެސް،އޯ.ޕީ ތައް އެކުލަވާލުމާއި ޕްރޮގްރާމްތަކުގެ މަސައްކަތްތައް މިގަވާއިދުތަކާއި ސިޔާސަތުތަކުގެ ދަށުން ކުރިއަށް ގެންދިއުމަށް ސެކްޝަންތަކުގެ ވެރިންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރުކޮށްދީ އަދި މަސައްކަތްތައް މޮނިޓަރ ކުރުން.

7- މެޑިކަލްވެލްފެއަރ އެހީގެ ޕްރޮގްރާމަށް ބޭނުންވާ އުޞޫލުތަކާއި ސިޔާސަތުތައް އަދި އެސް،އޯ.ޕީ ތައް އެކުލަވާލުމާއި ޕްރޮގްރާމްތަކުގެ މަސައްކަތްތައް މިގަވާއިދުތަކާއި ސިޔާސަތުތަކުގެ ދަށުން ކުރިއަށް ގެންދިއުމަށް ސެކްޝަންތަކުގެ ވެރިންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރުކޮށްދީ އެ މަސައްކަތްތައް ހިނގާނުހިނގާގޮތް މޮނިޓަރ ކުރުން . އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސް ގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި އެ ގާނޫނުގެ ދަށުން ޤާއިމުކުރެވިފައިވާ އާސަންދަ ސްކީމް ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދުކާއި ސިޔާސަތުތައް އެކުލަވާލުމާއި، މުރާޖައާކުރުމުގެ މަސައްކަތްތައް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.

8- އެޖެންސީގެ މަސައްކަތްތަކާއި ގުޅޭގޮތުންނާއި އަދި އިޖްތިމާޢީރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ނޭޝަނަލް ސްޓެރެޓެޖިކް އެކްޝަންޕްލޭން /ސިޔާސަތުތަކުގައި ކަނޑައެޅިފައިވާ މަސައްކަތްތައް ތަންފީޒުކުރުމަށް އެންސްޕާއިން ކަނޑައަޅަންޖެހޭ އުޞޫލުތަކާއި ޕްލޭންތައް ހެދުމަށް ބޭނުންވާ ދިރާސާތައްކުރުން އަދި ޕްލޭންތައް އެކުލަވާލުމާއި ތަންފީޒުކުރެވެމުންދާ މިންވަރު މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.

9- އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން މިއެޖެންސީއަށް ލާޒިމުކުރާ އެހީގެ ޕްރޮގްރާމްތަކާއި އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުން ދައުލަތުން ފޯރުކޮށް ދިނުމަށް ކަނޑައަޅާފައިވާ އެހީގެ ޕްރޮގްރާމްތައް އެކުލަވާލެވިފައިވާ ގަވާއިދުތަކާއި ސިޔާސަތުގެ ދަށުން ތަންފީޒުކުރެވޭކަން ޔަޤީންކޮށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.

10- އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ބޭނުންވާ އެސް.އޯ.ޕީ ތައް ޕޮލިސީ އެންޑް ޕްލޭނިންގ އާއި ގުޅިގެން ތައްޔާރުކުރެވިފައިވޭތޯ ބެލުމާއި އަދި އެސް.އޯ.ޕީ ތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ސެކްޝަންތަކުގެ ވެރިންނަށް ފޯރުކޮށްދީ އެ ބަދަލުތައް ގެނެވޭނެ ނިޒާމެއް ޤާއިމުކުރުން.

11- ރައްޔިތުންނަށް ބޭސްފަރުވާކުރުމުގައި ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ޤާއިމުކުރެވިފައިވާ ޕްރޮގްރާމްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސެކްޝަންގެ ވެރިންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރުކޮށްދީ އެމަސައްކަތް ހިނގާނުހިނގާގޮތް ބެލެހެއްޓުން.

12- މެޑިކަލް ވެލްފެއަރގެ އެހީއަށް އެދޭ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި ސިޔާސަތު ގެ ދަށުން ވީހާވެސް އަވަހަކަށް ޖަވާބުދެވޭނެ އިންތިޒާމެއް ރޭވުމަށް ސެކްޝަންގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އަދި އިދާރީ ލަފައާއި އިރުޝާދު ފޯރުކޮށްދީ އެފަދަ ނިޒާމެއް ޤާއިމުކުރުން.

13- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި ދިގުމުއްދަތަށް ބޭސްފަރުވާ ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމަށް ސެކްޝަންގެ ވެރިންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރުކޮށްދީ އެމަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.

14- އެޖެންސީއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތަކުގެ ދަށުން އެޖެންސީ އިން އެހީ ދެމުންގެންދާ ފަރާތްތަކުގެ ޙާލަތު މޮނިޓަރ ކުރުމަށް ބޭނުންވާ މޮނިޓަރިންގ ފްރޭމްވރކެއް ޤާއިމްކުރުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރުކޮށްދީ އެފްރޭމްވަރކު އެކުލަވާލުމުގެ މަސައްކަތް ސުޕަވަރިޒުކޮށް އެފްރޭމްވަރކާ އެއްގޮތަށް މަސައްކަތްތައް ރާވައި ހިންގާނެ ނިޒާމެއް ޤާއިމުކުރުން.

15- އެޖެންސީއިން ހިންގަމުންގެންދާ ޕްރޮގްރާމްތަކާއި، ޕްރޮގްރާމްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެގެން ދައުލަތުގެ އެހީ ލިބެމުންދާ ފަރާތްތަކުގެ ޙާލަތު ދެނެގަނެ އެ އެހީތައް ލިބެމުންދަނީ އޭގެ ޙައްޤުވެރިންނަށްތޯ ކަށަވަރުކުރޭނެ ނިޒާމެއް ޤާއިމުކުރުން.

16- އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގޭނެ ނިޒާމެއް ޤާއިމުކުރުން. އަދި އެފައިސާ އަނބުރާހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމަށާއި އެކަމާއި ގުޅޭ ތަފާސް ހިސާބު ބެލެހެއްޓުމަށް ސެކްޝަންގެ ވެރިންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރުކޮށްދީ އެފައިސާ އަނބުރާ ހޯދޭކަން ކަށަވަރުކުރުން.

17- މިއެޖެންސީން ރައްޔިތުންނަށް ދެމުންގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ އެހީގެ ޚިދުމަތްތައް ފަސޭހަކަމާ ފުރިހަމަކަމާއެކު ލިބިގަނެވޭނެފަދަ ގޮތަކަށް އެޖެންސީގެ ފްރޮންޓް އޮފީސް، ކޯލްސެންޓަރ އަދި ޑިސްޕެޗް ކައުންޓަރުގެ މަސައްކަތްތައް ރާވައި ހިންގުމަށް ސެކްޝަންގެ ވެރިންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރުކޮށްދީ އެމަސައްކަތް ހިނގާނުހިނގާގޮތް ބެލެހެއްޓުން.

18- އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމުތައް ބަލައިގަނެ، ޑޮކިއުމެންޓް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުމާއި، ރަސްމީ ބަންދުގަޑިތަކުގައި އެޖެންސީއިން ދެމެންގެންދާ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ އަދި ފޯމުތައް ޑިސެޕެޗްކައުންޓަރުން ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ކަށަވަރުކުރުން.

19- އެޖެންސީ އިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާގުޅޭ އެކިއެކި ޕްރޮގްރާމްތަކާއި ދައުލަތުން ދެމުންގެންދާ އެހީތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެޖެންސީއަށް ގުޅާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންވާ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ޤާއިމުކުރެވިފައިވާ ކޯލްސެންޓަރުގެ މަސައްކަތް އިތުރަށް ތަރައްޤީކޮށް ރައްޔިތުންނަށް ފަސޭހަކަމާ ހަލުވި މިނުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ވެރިންނަށް ލަފާދީ އިރުޝާދު ދިނުން.

20- ސުޕަވައިޒީސްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް ސުޕަވައިޒްކޮށް ފެންވެރު ބެލުމުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ޑިވެލޮޕްމަންޓް ސްޓަޑީޒް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ސޯޝިއަލް ޕޮލިސީ

ސޯޝަލް ސައިންސް

 

ޕްރިފަރޑް ޑިސިޕްލިން ތައް

ނެތް

ކޯ ޑިސިޕްލިން ތައް

ޑިވެލޮޕްމަންޓް ސްޓަޑީޒް

ސޯޝިއަލް ޕޮލިސީ

ސޯޝަލް ސައިންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާތައް

ސޯޝަލް ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 އޮކްޓޫބަރު 16 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މޫކައި ސުއިޓްސް، 4 ވަނަ ފަންގިފިލާ، ހަވީރީހިގުން)، އައި.ޖީ.އެމް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@nspa.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2024 އޮކްޓޫބަރު 17 އާއި 2024 ނޮވެންބަރު 19 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭކ.މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ info@nspa.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

02 އޮކްޓޫބަރު 2024