މަސައްކަތް
ނަންބަރު: (IUL)450-CA/450/2024/37
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 14 އޮކްޓޫބަރު 2024 00:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) އަދި ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ގާނޫނު) ގައި ބަޔާން ކޮށްފައިވާފަދަ އަނިޔާ ލިބޭ މީހުންނަށް ކައުންސިލިންގ ގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) އަދި ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު)ގައި ބަޔާން ކޮށްފައިވާފަދަ އަނިޔާ ލިބޭ މީހުންނަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން

ގާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) އަދި ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ގާނޫނު)ގައި ބަޔާން ކޮށްފައިވާފަދަ އަނިޔާ ލިބޭ މީހުންނަށް ކައުންސެލިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އޮތޯރިޓީގެ ފަރާތުން 2024 ސެޕްޓެމްބަރު 22 ވަނަ ދުވަހު ކުރި ނަންބަރު (IUL)450-CA/450/2024/35 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައި ނުވާތީ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

އިތުރު މަޢުލޫމާތުސާފުކުރުން

  • މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2024 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީގެ procurement@fpa.gov.mv އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުން

  • މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
  • ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޙާއި ގަޑި: 2024 އޮކްޓޫބަރު 14 ވަނަ ދުވަހުގެ 10:00 އަށް.
  • ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
  • އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
  • ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
  • ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
03 އޮކްޓޫބަރު 2024