ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESM&PS/416/2024/67
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 13 އޮކްޓޫބަރު 2024 12:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް – 1446 ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

'މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް – 1446' ގެ ނަމުގައި މިކައުންސިލުން ބޭއްވުމަށް ނިންމާފައިވާ ޤުރުއާން މުބާރާތް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ،  މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 08 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ދެވިފައިމިވާ ލިންކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ވުމަށް: https://forms.gle/3fSJy4TrZ1kYUEdx8

އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަނެއް 9 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލްގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. މިމަޢުލޫމާތު ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.

މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ފަރަތްތަކުން މިއިދާރާއިން ހިއްސާކޮށްފައިވާ މުބާރާތުގެ ޤަވާޢިދާއި، މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުތަކާއި އެއްގޮތަށް މިމުބާރާތް ހިންގާނެ ގޮތުގެ ޕްރޮޕޯސަލް، 13 އޮކްޓޯބަރ 2024 ވާ އާދީއްތަދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލްގެ ހޮޓްލައިން ނަމްބަރ 9356677 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 އޮކްޓޫބަރު 2024