ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/76
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 13 އޮކްޓޫބަރު 2024 14:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކަށް އަރާ ރުއްގަހުގައި ނަމްބަރު ޖެހުމަށް

                2024 ސެޕްޓެމްބަރު މަހު ބާރަށުން އަލަށް ދޫކުރި ބަންޑާރަ ގޯތިތަކަށް އަރާ ބައެއް ރުއްގަހުގައި ގޭގެ ނަމްބަރު ޖަހާފައިނެތުމުން އެ ރުއްގަހުގެ ވެރިން ހޯދުމަށް ދަތިވާތީ، ގޯތި ލިބުނު ފަރާތްތަކުންދަނީ މި އިދާރާގައި އެދެމުންނެވެ. ވީމާ ގޯތިދޫކޮށްފައިވާ ސަރަޙައްދުގައި އެއްވެސް ފަރާތެއްގެ ރުއްގަސް ހުރިކަމުގައިވާނަމަ 13އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ނިޔަލަށް އެ ރުއްގަހުގައި ގޭގެ ނަމްބަރު ޖަހުމަށް ދެންނެވީމެވެ.  އަދި މި މުއްދަތުގައި ނަމްބަރު ނުޖަހާ ވެރިއަކު ނޭނގޭ ރުއްގަހާއިމެދު ކައުންސިލުން ނިންމާގޮތެއްގެ މަތިން އަމަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

 

              އަލަށް ގޯތި ދޫކުރެވުނު ސަރަޙައްދުތަކުގެ ޗާޓް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. 

 

              ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކަ އިޢުލާން ކުރީމެވެ.                          

              30 ރަބީޢުލްއައްވަލް 1446

03 އޮކްޓޫބަރު 2024