މަސައްކަތް
ނަންބަރު: C06-SM/IUL/2024/05
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 16 އޮކްޓޫބަރު 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ށ. ބިލެތްފަހީ ސިއްޙީމަރުކަޒުގެ ހުރިހާ ކުޑަދޮރުތަކެއް އަދި ފާޚާނާ ދޮރުތަކެއް އެލްމިނިޔަމް ދޮރަށް ބަދަލުކުރުން، އިމަރޖެންސީ ރޫމް ތަޅުން މުށި ބަދަލުކުރުން އަދި ލޯންޑްރީއާއި ސްޓޯރ ހިމެނޭ އިމާރާތުގެ ފުރާޅު އަދި ސީލިންގ ބަދަލުކުރުން

               ށ. ބިލެތްފަހީ ސިއްޙީމަރުކަޒުގެ ހުރިހާ ކުޑަދޮރުތަކެއް އަދި ފާޚާނާ ދޮރުތަކެއް އެލްމިނިޔަމް ދޮރަށް ބަދަލުކުރުން، އިމަރޖެންސީ ރޫމް ތަޅުން މުށި ބަދަލުކުރުން އަދި ލޯންޑްރީއާއި ސްޓޯރ ހިމެނޭ އިމާރާތުގެ ފުރާޅު އަދި ސީލިންގ ބަދަލުކުރުން 

       މިމަރުކަޒުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

                                  ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު ދީފައިވާ ބީލަތްފޮތާއި އެއްގޮތަށް އަގުހުށައެޅުންވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަންރަޖިސްޓުރީވުމަށް ބޭނުންވާ ފަރާތްތަކުން 08 އޮކްޓޯބަރ 2024 އިން 09 އޮކްޓޯބަރ 2024 ގެ 13:00 އާއިދެމެދު އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށްދަންނަވަމެވެ.

ލިންކް: https://docs.google.com/forms/d/e/1FAIpQLSdVw8ij3G_7mL55M9scuHya3HqnSVoV5xes3_TIIbMQXcvLUQ/viewform?usp=sf_link

މަޢުލޫމާތު ސާފުކުރުން

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 10 އޮކްޓޯބަރ 2024 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގައި، ބިލެތްފަހީ ސިއްޙީމަރުކަޒުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 16 އޮކްޓޯބަރ 2024 ވާ (ބުދަ) ދުވަހުގެ 12:00 ގެ ކުރިން sh.bilehfahihc@gmail.com   އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540503 ނުވަތަ 7901489 ނަމްބަރާއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

ބީލަން ހުޅުވުން އޮންނާނީ 16 އޮކްޓޯބަރ 2024 ވާ (ބުދަ) ދުވަހުގެ 13:00 ގައި ބިލެތްފަހީ ސިއްޙީމަރުކަޒުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންވެސް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

08 އޮކްޓޫބަރު 2024