ދެންނެވުން
ނަންބަރު: H4C-A/2024/10
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 22 އޮކްޓޫބަރު 2024 14:00
މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގު ކޮމެޓީއަށް މެމްބަރުން ހޯދުމާ ގުޅޭ

އަގު ކޮމެޓީއަށް މެމްބަރުން ހޯދުމާ ގުޅޭ

 

މަޤާމު:

އަގުކޮމެޓީގެ މެމްބަރު

ދަފްތަރުގެ މުއްދަތު:

ކޮމެޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު

ބޭނުންވާ އަދަދު:

03 (ތިނެއް)

ކުރަންޖެހޭ މަސައްކަތް:

މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ދާއިރާގެ އެހެން ކޯޓަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަންތަކާއި ތަކެތި އަގުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ

(ނޯޓު: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ ދިނުމުގެ އިތުރަށް ހުރުމާއި، ކެއުމާއި، ދަތުރު ޚަރަދު އެކޯޓަކުން ހަމަޖައްސައިދޭނެ.)

އަސާސީ ޝަރުޠު:

ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

ދިވެހި ރައްޔިތެއް ކަމުގައިވުން.

     ލިޔަންކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްވެފައިވުން. ނުވަތަ

ލިޔަންކިޔަން ދަތުމާއެކު މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަސައްކަތް ޙަވާލުކުރުން:

ކޯޓަށް ހުށަހެޅިފައިއޮތް މައްސަލައަކާ ގުޅިގެން، ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެމްބަރަކާ މަސައްކަތް ޙަވާލުކުރެވޭނެ.

ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި:

އަގުކޮމެޓީގެ މެމްބަރުކަމަށް އެދޭ ސިޓީ

އައިޑީކާޑުގެ ކޮޕީ

     މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 

(ނޯޓް: މިކޯޓުގެ އީމެއިލް info@k-thulusdhoo.court.gov.mv އަށް މެއިލްކުރައްވާ ސިޓީތައް، އެއް (P.D.F) ފައިލެއްގެ ގޮތުގައި ފޮނުވައި ދެއްވުން އެދެމެވެ.)

ސުންގަޑި:

22 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

ގުޅޭނެ ނަންބަރު: 6640338

އީމެއިލް އެޑްރެސް: info@k-thulusdhoo.court.gov.mv

10 އޮކްޓޫބަރު 2024