ތަމްރީނު
ނަންބަރު: (IUL)475-Schol/475/2024/185
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 17 އޮކްޓޫބަރު 2024 10:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
SDGs Global Leader Program 2025

އެސް.ޑީ.ޖީ.ސް ގްލޯބަލް ލީޑަރ ޕްރޮގްރާމް 2025

ޤައުމު: ޖަޕާން

2 މާސްޓަރސް ޑިގްރީ

2 ޕީ.އެޗް.ޑީ   

ކޯހުގެ ލެވެލްއަދި ޢަދަދު:

އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ލިސްޓުގައިވާ ޔުނިވަރސިޓީ އަދި ކޯސްތައް

ކޯހުގެ ދާއިރާ:

މާސްޓަރސް ޑިގްރީގެ ޝަރުތު:

1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. 1 އެޕްރީލް 2025 ގެ ނިޔަލަށް އުމުރުން 35 އަހަރުވެފައިނުވުން.

3. އިނގިރޭސި ފާހެއް ހާސިލްކޮށްފައިވުން. އިނގިރޭސި ފާހެއް ކަމުގައި ބަލާނީ؛

  ހ. TOEFL iBT އިން 80 އިން ފެށިގެން މަތި

  ށ. IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.5 އިން ފެށިގެން މަތި

4. މި އިޢުލާނާއިއެކު އަޕްލޯޑުކޮށްފައިވާ އިންފޮމޭޝަން ޝީޓުގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

ޕީ.އެޗް.ޑީ ޑިގްރީގެ ޝަރުތު:

1. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.

2. 1 އެޕްރީލް 2025 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައިނުވުން 

3. އިނގިރޭސި ފާހެއް ހާސިލްކޮށްފައިވުން. އިނގިރޭސި ފާހެއް ކަމުގައި ބަލާނީ؛

  ހ. TOEFL iBT އިން 80 އިން ފެށިގެން މަތި

  ށ. IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.5 އިން ފެށިގެން މަތި

4. މި އިޢުލާނާއިއެކު އަޕްލޯޑުކޮށްފައިވާ އިންފޮމޭޝަން ޝީޓުގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ.

5. ޖައިކާ އެޕްލިކޭޝަން ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި

6. މި އިޢުލާނާއިއެކު އަޕްލޯޑުކޮށްފައިވާ އިންފޮމޭޝަން ޝީޓުގެ ޕޮއިންޓް 9 ގައި ބަޔާންކޮށްފައިވާ ލިޔުންތައް

7. ކޯހާއި ގުޅޭގޮތުން މި އިޢުލާނާއިއެކު އަޕްލޯޑުކޮށްފައިވާ އިންފޮމޭޝަން ޝީޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާއިގުޅޭ ލިޔުން.  

8. މިހާރު ހާޞިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާޞިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް

9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

10. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

*  ކޯސްތަކާއިބެހޭ ގައިޑްލައިނާއި ކޯސް ހިންގާ ޔުނިވަރސިޓީތައް ހިމެނޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.

*  މިސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، ރީސަރޗް ސަޕޯޓް އެކްސްޕެންސަސް، ލިވިންގް އެލަވަންސް، ދެކޮޅު އެއަރ ޓިކެޓް، އައުޓް ފިޓް އެލަވަންސް، މޫވިންގް އެލަވަންސް މި ކޯސް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

* މި ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުން ދޭ ޚަރަދުތަކާއި ކެންޑިޑޭޓުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުތަކުގެ ތަފްސީލް މި މިނިސްޓްރީގެ ވެބްސައިޓްގައި އަޕްލޯޑު ކުރެވިފައިވާ އިންފޯމޭޝަން ޝީޓުން ލިބޭނެއެވެ.

* މި މިނިސްޓްރީއަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން 4 ކެންޑިޑޭޓުން މިސްކޮލަރޝިޕަށް ނޮމިނޭޓްކޮށް އެކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. އަދި މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުންނެވެ.

* މިސްކޮލަރޝިޕަށް އިޢުލާން ކޮށްފައިވާ އެއްވެސް ލެވެލްއަކަށް ކަނޑައެޅިފައިވާ ޢަދަދަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާނަމަ، އެޖާގަ ހަމަކުރުމަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ ދެން ހުށަހަޅާފައިވާ ލެވެލްތަކުން މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކެވެ.

* މި ސްކޮލަރޝިޕަށް އެޕްލައިކުރުމަށް ޝައުޤުވެރިވާ ކެނޑިޑޭޓުން، އެސް.ޑީ.ޖީ.ސް ގްލޯބަލް ލީޑަރ އެޕްލިކޭޝަން ފޯރމް ފުރިހަމަކުރުމަށް، "jica2025" ޕާސްވޯޑް ބޭނުންކުރެއްވުން އެދެމެވެ. އަދި މި ފޯރމް ލިބިލަންވާނީ ހަމައެކަނި މި މިނިސްޓްރީގެ ވެބްސައިޓުންނެވެ.

* މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، JICA އެޕްލިކޭޝަން ފޯމާއި، SDG އެޕްލިކޭޝަން ފޯމާއި އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް އޮރިޖިނަލްއާއި ކޮޕީ ސެޓެއް މިމިނިސްޓްރީއަށް 20 އޮކްޓޯބަރު 2024 ވާ އާދިއްތަ ދުވަހުގެ 10:00ގެ ކުރިން ހުށަހެޅޭގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުން އެދެމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު ވެބްސައިޓަށް އަޕްލޯޑު ކުރެވިފައިވާ އިންފޯމޭޝަން ޝީޓްތަކުން ލިބޭނެއެވެ.

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕަށް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕަށް ނޮމިނޭޓްވުމުން/ ހޮވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު:

ސުންގަޑި: 17 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅާނީ  https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް  http://www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ schol@mohe.gov.mv އަށެވެ.

10 އޮކްޓޫބަރު 2024