ދިވެހިރާއްޖެ
މި ސްކޫލުގެ ވަށާފާރު ރޭނުމާބެހޭ
މި ސްކޫލުގެ ވަށާފާރު ރާނައިދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS64/2015/13 އިޢުލާނު އިދާރީ ސަބަބުތަކަކަށްޓަކައި ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 1 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 8 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރަން ހާޒިރުވާނަމަ، އެފަރާތުގެ ސިޓީއަކާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ.