މަސައްކަތް
ނަންބަރު: C06-SM/IUL/2024/06
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 29 އޮކްޓޫބަރު 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ށ. ބިލެތްފަހީ ސިއްޙީމަރުކަޒުގެ ބައެއް ކުޑަދޮރު އެލްމިނިޔަމް ދޮރަށް ބަދަލުކުރުމާއި އިމަރޖެންސީ ރޫމް ތަޅުން މުށި ބަދަލުކުރުން އަދި ލޯންޑްރީއާއި ސްޓޯރ ހިމެނޭ އިމާރާތުގެ ފުރާޅު އަދި ސީލިންގ ބަދަލުކުރުން

                       މިމަރުކަޒުގެ ނަންބަރ C06-SM/IUL/2024/05 އިޢުލާނައް ހުށަހެޅުއްވި އަގުތައް ބޮޑުކަމުން، ބައެއްމަރާމާތު އުނިކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ. 

                                  ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު ދީފައިވާ ބީލަތްފޮތާއި އެއްގޮތަށް އަގުހުށައެޅުންވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަންރަޖިސްޓުރީވުމަށް ބޭނުންވާ ފަރާތްތަކުން 21 އޮކްޓޯބަރ 2024 އިން 22 އޮކްޓޯބަރ 2024 ގެ 13:00 އާއިދެމެދު އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށްދަންނަވަމެވެ.

ލިންކް: https://forms.gle/GQ43vZFJUNy74LFB7

މަޢުލޫމާތު ސާފުކުރުން

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 23 އޮކްޓޯބަރ 2024 ވާ (ބުދަ) ދުވަހުގެ 13:00 ގައި، ބިލެތްފަހީ ސިއްޙީމަރުކަޒުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 29 އޮކްޓޯބަރ 2024 ވާ (އަންގާރަ) ދުވަހުގެ 12:00 ގެ ކުރިން sh.bilehfahihc@gmail.com   އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540503 ނުވަތަ 7901489 ނަމްބަރާއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

ބީލަން ހުޅުވުން އޮންނާނީ 29 އޮކްޓޯބަރ 2024 ވާ (އަންގާރަ) ދުވަހުގެ 13:00 ގައި ބިލެތްފަހީ ސިއްޙީމަރުކަޒުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންވެސް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

                   މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ ޤާނޫނު ނަންބަރު 96/10" ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު 2007/3" ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު"، ޤާނޫނު ނަންބަރު 2011/13 "ޕާޓްނަރޝިޕްގެ ޤާނޫނު"، ޤާނޫނު ނަންބަރު 2013/6" ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު"، ޤާނޫނު ނަމްބަރު 2014/18" ވިޔަފާރި ރަޖިސްޓަ ރީ ކުރުމުގެ ޤާނޫނު" އަދި ޤާނޫނު ނަމްބަރު 2014/19" އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.

17 ރަބީޢުލްއާޚިރު 1446

21 އޮކްޓޯބަރ 2024

21 އޮކްޓޫބަރު 2024