ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)G1-SM/2024/04
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 05 ނޮވެންބަރު 2024 14:00
ހިންނަވަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޅ.ހިންނަވަރު ޞިއްޙީ މަރުކަޒަށް ކޮމިޔުނިޓީ ހެލްތް އޮފިސަރ އެއް ހޯދުމަށް

ވަޒީފާގެ ފުރުޞަތު

           

ޅ.ހިންނަވަރު ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

 

ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމް:

J-383178

 

މަޤާމުގެ ނަންބަރު:

  01( އެކެއް )  

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

-

މަޤާމުގެ ކްލެސިފިކޭޝަން:

ޕަބްލިކް ހެލްތް ޔުނިޓް 

ސެކްޝަން  / ޔުނިޓް

ޅ.ހިންނަވަރު ޞިއްޙީ މަރުކަޒު         

މަޤާމް އޮތް އޮފީސް:

ޅ.ހިންނަވަރު ޞިއްޙީ މަރުކަޒު         

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތަޢްލީމީ ފެންވަރު

ޕަބްލިކް ސަރވިސް ރޭންކް

މަޤާމު

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް ޤަބޫލްކުރާ ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

R5-S1

ކޮމިއުނިޓީ ހެލްތް އޮފިސަރ

10064.00 ( މަހަކު )

މަޤާމުގެ އަސާސީ މުސާރަ

4696.00 ( މަހަކު )

މަޤާމުގެ އެލަވަންސް

127.00 ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )

ޙާޟިރީ ޢިނާޔަތް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވެ، ލައިސަންސް ލިބިފައިވުން.

މަޤާމަށް ޢައްޔަންކުރާ އިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

 

1-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

3-      ސިވިލް ސަރވިސްގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4-      މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް

އެހެނިހެން އެލަވަންސް:

  • ކުޑަކުދިންނާއި މާބަނޑުމީހުން އަދި މިނޫންވެސް މުޖުތަމައުގެ ނާޒުކު ގްރޫޕްތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ޞިއްޙަތު ކުރިއެރުވުމަށްޓަކައި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންތަކާ އެއްގޮތަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
  • މާބަނޑު މީހުން، ޅަދަރިމައިން، ކުޑަކުދިން، ފުރާވަރަށް އަރަމުން އަންނަ ކުދިން، އަދި ދުވަސްވީ މީހުންގެ ހާއްސަ ޞިއްޙީ ހާލަތްތަކާބެހޭ ގޮތުން އެމީހުންނާއި އެމީހުންގެ ޢާއިލާތަކާއި އެމީހުން ބަލަހައްޓާ އެހީތެރިވެދޭ މީހުންނަށް މަޢުލޫމާތު ދީ ޞިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރި ކުރުވުން.
  • ފައިދާހުރި ކާނާއާއި، ސާފުތާހިރުކަމާއި، ވެކްސިން ދިނުމާއި، ރައްކާތެރި މައިވަންތަކަމާއި ޢާއިލާ ރޭވުމާއި، އާންމު ބަލިތަކުން ރައްކާތެރިވުމާއި، ވިހަވުމުން ރައްކާތެރިވުމާ ބެހޭގޮތުންނާއި އާންމުބަލިތަކަށް ފަރުވާ ކުރުމާއި ފުރަތަމަ އެހީ ދިނުމާއި، މަސްތުވާތަކެއްޗާއި، ގެވެށި އަނިޔާތަކާބެހޭ ގޮތުންނާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިގެން ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި، އެހެން ޞިއްޙީ ކަންކަމާބެހޭގޮތުން އާންމުންނާއި ޢާއިލާތަކަށް މަޢުލޫމާތު ދީ ޞިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ދިރޭތަކެއްޗާއި ކެމިކަލާއި ރޭޑިއޭޝަން ފަދަ ތަކެތިން އާންމު ޞިއްޙަތަށް ނުރައްކާވާ ކަންތައްތައް ދެނެގަނެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެކަންކަން ކޮންޓްރޯލް ކުރުމުގެ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން.
  • މާބަނޑުމީހުންނާއި ތުއްތުކުދިންގެ ޞިއްޙީ ހާލަތު ބަދަލުވަމުން އަންނަގޮތް ބަލަމުން ގެންދިއުމަށް ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތް ނުކުރާ މީހުންނަށް ޒިޔާރަތްކޮށް އެކަންކަން ބަލައި އެމީހުންނަށް ޚިދުމަތްތައް ފޯރުކޮށްދީ، އެމީހުން ދިރުއުޅޭ މާހައުލުގެ ސާފުތާހިރުކަން ބެލުން.
  • ޓީބީ، ލެޕްރެސީ، މެލޭރިއާ ފަދަ އާންމު ޞިއްޙަތަށް ނުރައްކާވާ ބަލިތައް ކޮންޓްރޯލް ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ބަލިމީހުންނަށް ޒިޔާރަތްކޮށް ބޭސްދީ އެބޭސް ބޭނުންކުރުމާބެހޭގޮތުން ޢާއިލާއާއި އާންމުންނަށް އިރުޝާދުދީ އެކަންކަން ބެލެހެއްޓުމުގެ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން.
  • ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އާންމުކޮށް ޒިޔާރަތް ނުކުރާ މުޖުތަމަޢުގެ އެކި ގްރޫޕްތަކާ ބައްދަލުކޮށް އެޗް.އައި.ވީ އާއި އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތައް ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ހޭލުންތެރިކުރުވައި، އެފަދަ ބަލިތައް މެނޭޖްކުރުމާބެހޭގޮތުން މައުލޫމާތު ދިނުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  • ހޮޓާ، ރެސްޓޯރަންޓް، ކެފޭ އަދި ކާބޯތަކެތި ވިއްކާ ތަންތަނާއި އޮޑިދޯނިފަހަރު ބަލައި ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • އިންޓަރނޭޝަނަލް ހެލްތް ރެގިޔުލޭޝަނާއި ބައިނަލްއަޤްވާމީ ޞިއްޙަތާ ގުޅޭ ހަމަތަކާއި އުސޫލުތަކާއި އާންމު ޞިއްޙަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން ކުރަންޖެހޭ އާންމު ޞިއްޙަތު ރައްކާތެރި ކުރުމާގުޅޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

-          ޕަބްލިކް ހެލްތް ސާވިސަސް

-          ކޮމިއުނިޓީ ހެލްތް ސަރވިސް

ގުޅޭ ވަޒީފާގެ ދާއިރާތައް:

-          ކޮމިއުނިޓީ ހެލްތު 

-          ޕްރައިމަރީ ހެލްތުކެއަރ 

-          ޕަބްލިކް ހެލްތު 

ތަޢުލީމީ ރޮނގުތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ހުށަހަޅަންޖެހޭ ލިޔުންތައް:

-          އަސާސީ ޝަރުޠު ހަމަވުން   30

-          އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5

-          ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު 5

-          އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 5

-          އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) 20

-          އިންޓަރވިއު 35

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00  ގެ ކުރިން ޅ.ހިންނަވަރު ޞިއްޙީ މަރުކަޒަށެވެ. ފޯމާއި ލިޔުންތައް އީ މެއިލް (lh.hinnavaruhc@health.gov.mv   ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މިމަޤާމަށް   މީހަކު  ހޮވުމަށް  ބޭއްވޭ   އިންޓަރވިއު އަދި އެސެސްމަންޓް  އޮންނާނީ 17 ނޮވެންބަރ   2024 އާއި 26 ނޮވެމްބަރ 2024 އާއި ދެމެދު ޅ.ހިންނަވަރު ޞިއްޙީ މަރުކަޒު ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޕްރެސެންޓޭޝަން  އަދި އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޅ. ހިންނަވަރު ޞިއްޙީ މަރުކަޒަށް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620265  ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ  (lh.hinnavaruhc@health.gov.mv   )   އަށެވެ.


                                                                26ރަބީޢުލްޢާޚިރު 1446

                                                               29 އޮކްޓޫބަރ 2024

29 އޮކްޓޫބަރު 2024