މުބާރާތް
ނަންބަރު: GS11-IUL/2024/21
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 14 ނޮވެންބަރު 2024 11:30
ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު މިމަދަރުސާއިން އުކާލެވޭ ކުނި އުކާނެފަރާތެއް ހޯދުން

މިމަދަރުސާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް 1 އަހަރު ދުވަހުގެ މުއްދަތަށް ( 2025 ޖެނުއަރީ 1ން 2025 ޑިސެމްބަރ 31ށް)  މި މަދަރުސާއިން އުކާލެވޭ ކުނި އުކާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

  • މަސައްކަތް: ކުނިއުކުން

-  ކައުންސިލް އިދާރާއިން ކަނޑައަޅާފައިވާ ކުނިއުކުމުގެ އުޞޫލާ އެއްގޮތަށް، ހަފްތާއަކު 3 ދުވަހު ފ.އަތޮޅުމަދަރުސާގެ ކުނިއުކުން.

-  ބަނދަރުން ތަކެތި ސްކޫލަށް ގެނައުން.

-  ސްކޫލް ގޯތިތެރެ ސާފުކުރާ ދުވަސްދުވަހު ކުނި އުކުން.

-  ސްކޫލަށް ބޭނުންވާ އެހެނިހެން ދަތުރުތައް.

  • މަސައްކަތް ޙަވާލުކުރުމުގައި ޕޮއިންޓްދިނުން.

-  އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ އަގުހެޔޮ ފަރާތަކާ ހަވާލުކުރެވޭނެއެވެ.

 

  • އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި

-  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި ފ.އަތޮޅު މަދަރުސާގައި.

-  އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއި އެކު ގެޒެޓްކުރެވިފައި ވާނެއެވެ.

-  އަމިއްލަ ފަރާތްތަކަށާއި، ކްލަބް ޖަމުޢިއްޔާތަކާއި، ކުންފުނިތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅިދާނެއެވެ.

-  އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ އަމިއްލަ ނަމުގައި ބަގީއެއް އޮތް ފަރާތެއްކަމުގައިވާންވާނެއެވެ. އަންދާސީ ހިސާބާއި އެކު ބަގީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

-  ދައުލަތުގެ އެހެން އިދާރާއަކުން ކުނިއުކުމުގެ ޚިދުމަތްދޭން ފަށައިފިނަމަ، މި މަސައްކަތް ކާމިޔާބު ކުރާ ފަރާތާއި އެކު ހެދިފައިވާ އެއްބަސްވުން ބާތިލުކުރެވޭނެއެވެ.

  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 7952910

    މެއިލް ކުރައްވާނީ: admin@fatollschool.edu.mv                     

06 ނޮވެންބަރު 2024