ކުއްޔަށް ހިފުން
ނަންބަރު: (IUL)202-A/1/2015/87
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 18:06
ސުންގަޑި: 29 ޖުލައި 2015 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި އޮތޯރިޓީގެ ފައިލްތަކާއި އެހެނިހެން މުދާ ރައްކާކުރުމަށް ގުދަނެއް ބޭނުންވެއެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

27 ރަމަޟާން 1436

13 ޖުލައި 2015