ދިވެހިރާއްޖެ
އިޢުލާން
ކ.މާފުށީގައި ހުންނަ ތަޢުލީމާއި މަސައްކަތްތެރިކަން އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ތިރީގައި މިދަންނަވާ ޢިމާރާތްތައް މަރާމާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ފިރިހެންކުދިންގެ އެކަމަޑޭޝަން ބްލޮކް
- މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކް
- އަންހެންކުދިންގެ އެކަމަޑޭޝަން ބްލޮކް
- މަރުކަޒުގެ ހޯލް
- ފަހާގެއާއި އާރޓް ރޫމް
- ފެންވަރާ ބައި
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
28 ރަމަޟާން 1436