ދިވެހިރާއްޖެ
އިޢުލާނު
އަންދާސީހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީގެ ފައިލްތަކާއި އެހެނިހެން މުދާ ރައްކާކުރުމަށް ގުދަނެއް ބޭނުންވެގެން 13 ޖުލައި 2015ވަނަ ދުވަހު ކޮށްފައިވާ ނަންބަރު IUL)202-A/1/2015/87ގެ އިއުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީވެ، އެއިއުލާނު ބާތިލުކޮށް އަލުން މިކަމަށް އިއުލާނު ކުރަމެވެ.
ވީމާ، މިފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 3 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށެހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.
7 ޝައްވާލް 1436