މަސައްކަތް
ނަންބަރު: GS11/2015/16
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 17 އޮގަސްޓް 2015 13:00
ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
6 ކުލާސްރޫމް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް

ފ.އަތޮޅު މަދަރުސާގެ 6 ކުލާސްރޫމް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް

ފ.އަތޮޅު މަދަރުސާގެ (ފ.ފީއަލި) 6 ކުލާސްރޫމް (2 ބުރި އިމާރާތް) އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމަދަރުސާގެ ނަންބަރު GS11/2015/15ފ(24 ޖޫން 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމުގައިވާތީ އެއިޢުލާނު ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.        

ވީމާ، ފ.އަތޮޅު މަދަރުސާގެ 6 ކުލާސްރޫމް (2 ބުރި އިމާރާތް) އަމިއްލަ ތަކެތީގައި އިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްކަތުން ތިރީގައި މިދަންނަވާ ތާރީޚަށް ފ.އަތޮޅު މަދަރުސާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މައުލޫމާތު ސާފުކުރުމަށް

17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 13:00

ޕްރީބިޑް މީޓިންގ

23 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

އަންދާސީހިސާބު ހުށަހެޅުމަށް

03 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952910 ނަންބަރު ފޯނާއެވެ.

05 އޮގަސްޓް 2015