މަޤާމު: އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ
|
ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް:
|
ޖީ.އެސް 4
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/5,020 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން
|
ޖުވެނައިލް ޖަސްޓިސް ޔުނިޓް/ ހިއުމަން ރިސޯސް ސެކްޝަން/ މާލެ
|
އަސާސީ ޝަރުޠު:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ރަޖިސްޓްރީގައިވާ ހުސް މަޤާމުތަކަށް، ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތަށް އިޢުލާނު ކުރުމާއި، ވަޒީފާއަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- ޖުވެނައިލް ޖަސްޓިސް ޔުނިޓަށް މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އެއްމަގާމުން އަނެއް މަޤާމަށް ބަދަލުކުރުމުގެ އެންމެހައި މަސައްކަތް ކުރުން.
- އޮނިގަނޑުގައިވާ މަޤާމުތައް އުފެއްދުމާއި، އުވާލުމުގެ މަސައްކަތް ސީ.އެސް ވިއުގަ މެދުވެރިކޮށް ކުރުން.
- ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ވަޒީފާއާ ގުޅޭގޮތުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުމާއި، މުވައްޒަފުން ހުށަހަޅާ ވަޒީފާއާބެހޭ މައްސަލަތައް ބަލައި ޖަވާބުދިނުން.
- ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އަލަށް ވަޒީފާދެއްވާ މުވައްޒަފުންގެ ޕްރޮބޭޝަން ލިޔުން ތައްޔާރުކޮށް މުވައްޒަފާ ޙަވާލު ކުރުމާއި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާ ބަޔާން ތައްޔާރުކޮށް މުވައްޒަފާ ޙަވާލުކުރުން.
- މުވައްޒަފުންނަށް ހަމަޖައްސަންޖެހޭ އެކިއެކި އެލަވަންސްތަކާއި ޢިނާޔަތްތައް ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުން އެޕްރޭޒްކުރުމާބެހޭ މަސައްކަތްތައް ކުރުން.
- ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ މުސާރަ ހެދުމާއި، މިކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- މަސައްކަތާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ސެކްޝަން މުވައްޒަފަކު ނެތް ޙާލަތެއްގައި ވެރިންވިދާޅުވާ ގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުން.
- އޮފީސް ހުޅުވާ ލެއްޕުން
- މީގެ އިތުރުންވެސް އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
|
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
ރޭންކް:
|
ޖީ.އެސް 4
|
ބޭނުންވާ ޢަދަދު:
|
1
|
މުސާރަ: މަހަކު -/5,020 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން
|
ޖުވެނައިލް ޖަސްޓިސް ޔުނިޓް/ އެޑްމިން އެންޑް ޕްރޮކިއުމަންޓް ސެކްޝަން/ މާލެ
|
އަސާސީ ޝަރުޠު:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ އޮފީސް އެޑްމިނިސްޓްރޭޝަނާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ޔުނިޓުން އިންތިޒާމްކުރާ ރަސްމިއްޔާތުތަކާއި، ޖަލްސާތަކާއި، ވާރކްޝޮޕް ފަދަ ޙަރަކާތްތައް އިންތިޒާމްކުރުން
- އެކިއެކި އޮފީސްތަކުން ބާއްވާ ޖަލްސާތަކާއި، ބައްދަލުވުންތަކަށް ޔުނިޓްގެ ފަރާތުން ފޮނުވަންޖެހޭ ބޭފުޅުން ހަމަޖައްސާ، ވިލަރެސްކޮށް ރިކޯޑްތައް ބެހެއްޓުން
- ޖުވެނައިލް ކޯޓުން ފޮނުވާ ތާވާލްގައިވާގޮތަށް އެކަމާގުޅޭ މުވައްޒަފުންނަށް އެކަން އަންގާ، ކޯޓު ފޮތް ބެލެހެއްޓުން
- ޖުވެނައިލް ޖަސްޓިސް ކޯޑިނޭޝަން ކޮމިޓީގެ މަސައްކަތްތައް ބެލެހެއްޓުން
- ޔުނިޓުން ޝާއިޢުކުރާ ލީފްލެޓްފަދަ ތަކެތި ތައްޔާރުކުރުމާއި ޗާޕްކުރުމާ ގުޅޭ ގޮތުން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ޔުނިޓުން ހިންގާ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން
- ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
|
އިންޓަރވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:
|
16 ސެޕްޓެންބަރު 2015 ން 30 ސެޕްޓެންބަރު 2015 ށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި
|
އިތުރު މަޢުލޫމާތު:
|
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
|
ހުށަހަޅަން ޖެހޭ ތަކެތި:
|
- ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޟެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
15 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.
|