ކުއްޔަށް ހިފުން
ނަންބަރު: 134-BUS-I/2015/41
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 14 އޮކްޓޫބަރު 2015 15:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދޯންޏެއް އަމިއްލަ ފަޅުވެރިންނާއެކު 6 މަސް ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއްޖެ

ފެރީދޯނި ކުއްޔަށް ހިފުމާބެހޭ

މި ކުންފުނިން ހިންގާ ހުވަދޫ ފެރީ ނިޒާމުގައި ބޭނުންކުރުމަށް ދޯންޏެއް އަމިއްލަ ފަޅުވެރިންނާއެކު 6 މަސް ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މިގޮތުން ކުއްޔަށް ހިފާ ދޯނި ކުއްޔަށް ހިފުމަށް ހަމަޖެހިފައިވަނީ ދޯނީގެ ސަލާމަތީ ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ ކެޕޭސިޓީއަށް ކޮންމެ ޝީޓަކަށް މަހަކު -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުންނެވެ. މީގެ އިތުރުން ކުއްޔަށް ދޭފަރާތުން އަގު ހުށަހަޅަން ބޭނުންވާ ގޮތަކަށްވެސް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފަވެއެވެ. ކުއްޔަށް ދިނުމަށް ހުށަހަޅާ ދޯނީގައި މަދުވެގެން 75 މީހުންގެ ޖާގަ ހުންނަންވާނެއެވެ. އަދި އެ ދޯންޏަކީ ފެރީކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ މުއްދަތު ހަމަނުވާ ސަލާމަތީ ސެޓްފިކެޓެއް އޮންނަން ދޯންޏަކަށް ވާންވާނެއެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން ފެރީ ދޯންޏެއް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން 14 އޮކްޓޫބަރު 2015 (ބުދަ) ދުވަހުގެ 15:00 ގެ ކުރިން މިފްކޯ ހެޑް އޮފީހަށް ނުވަތަ މި ކުންފުނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7466088/9992125 މި ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.

08 އޮކްޓޫބަރު 2015