ކުއްޔަށް ހިފުން
ނަންބަރު: (IUL)203-PROREC/1/2015/40
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 22 އޮކްޓޫބަރު 2015 11:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އަތޮޅުތެރެއަށް ދަތުރުކުރުމަށް އުޅަނދެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

ބޭނުންވާ ތާރީޚް : 22.11.2015 އިން 05.12.2015 އަށް. 

ދަތުރުގެ ތަފުސީލް: މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ޅ،ނ،ރ، އަދި ބ. އަތޮޅަށެވެ. މި ދަތުރުގައި މުޅިއެކު 10 މުވައްޒަފުން ބައިވެރިވާނެއެވެ. ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ޑައިވް ސައިޓުތަކާއި ރަށްތަކުގެ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގައި އޮންނަ މަޢުލޫމާތުދޭ ބައްދަލުވުމުގައި ދެވޭނެއެވެ.

ޝަރުތު:

  1. މިދަތުރުގައި ޑައިވް ކުރުމަށް ހަމަޖެހިފައިވުމުން ޑައިވް ދޯންޏަކާއި ޑިންގީއެއް އޮންނަންވާނެއެވެ.
  2. މި އުޅަނދުގައި މަދުވެގެން 6 ކޮޓަރި ހިމެނޭގޮތަށް ނިދުމާއި، ފެންވެރުމުގެ އިންތިޒާމު ހަމަޖެހިފައި ހުރުމާއެކު ކެއުން، ބުއިމުގެ އިންތިޒާމްތައް އުޅަނދުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.
  3. ޑައިވިންގ ޓޭންކްތަކަށް ވައި އެޅޭނެ އިންތިޒާމު އުޅަނދުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

ވީމާ، މި ދަތުރު ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި އޮފީހަށް (އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، ގްރީން ބިލްޑިންގ 3 ވަނަފަންގިފިލާ، ދިއްގާމާލަމް) އަށް ވަޑައިގެން މަޢުލޫމާތު ހޯއްދެވުމަށްފަހު، 29 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3335949 އަށް ގުޅުއްވުން އެދެމެވެ.

                                27 ޛުލްޙިއްޖާ 1436

11 އޮކްޓޫބަރު 2015