ދިވެހިރާއްޖެ
ހަންޏާމީދޫ ކައުންސިލްގެ އިޢުލާން ނަންބަރު: IUL)347/347/2015/41) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަގުބައްތިތަކަށް ކޭބަލްވަޅުލުމުގެ މަސައްކަތްކުރުމަށް ހުށަހަޅުއްވާފައިނުވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ހަންޏާމީދޫގެ އިޖުތިމާޢީ ސަރަޙައްދުތަކުގައި ދިއްލާފައިވާ ބައްތިތަކުގެ ތެރެއިން ބައެއް ބައްތިތަކަށް މިހާރު އަޅާފައިހުރި ކޭބަލް ނަގައި، އެތަންތަނަށް އާކޭބަލް ވަޅުލައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޮކްޓޫބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20 އޮކްޓޫބަރު 2015 (އަންގާރަ) ދުވަހުގެ 10:30 ގައި ހަންޏާމީދޫ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތެއްގެ ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ.
- ޕޮއިންޓް ދިނުމުގެ އުސޫލު
- ހުށަހަޅާ އެންމެ ކުޑައަގަށް 60 ޕޮއިންޓް
- އެންމެ ކުރުމުއްދަތަށް 30 ޕޮއިންޓް
- ތަޖުރިބާއަށް 10 ޕޮއިންޓް