ކުއްޔަށް ހިފުން
ނަންބަރު: (IUL)438-PPS/1/2015/143
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 26 އޮކްޓޫބަރު 2015 10:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1500 – 2500 އަކަފޫޓުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަށް މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

އިޢުލާން

މިކޯޕަރޭޝަންގެ އޮފީސް ހިންގުމަށް އޮފީސް ޖާގައެއް މާލެއިން ކުއްޔައް ހިފުމަށް ކުރެވުނު ނަންބަރު: IUL)438-RDS/1/2015/139 )(ތާރީޚު: 8 އޮކްޓޫބަރު 2015) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އެޢިއުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިކޯޕަރޭޝަންގެ އޮފީސް ހިންގުމަށް 1500 – 2500 އަކަފޫޓުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަށް މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިގޮތުން ކުއްޔަށް ހިފާ އޮފީސް ޖާގައަކީ ތިރީގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުތެއް ހަމަވާ އޮފީސް ޖާގައަކަށް ވާންޖެހޭނެއެވެ.             

އޮފީސް ޖާގައިގެ ހުންނަންޖެހޭ ޝަރުތުތައް

  1. ވަކި ކަރަންޓް މީޓަރެއް ހުރުން
  2. މަދުވެގެން 2 ފާޚާނަ ހުރުން
  3. ދެވަނަ ފްލޯއިން މަތީތަނެއްނަމަ ލިފްޓްހުރުން
  4. އެއަރ ކޮންޑިޝަނިންގ ހުރުން
  5. ތަޅުމުގައި މުށިޖަހާފައިވުން
  6. ފާޚާނާތަކަށް ބޭނުންވާ ވޯޓަރސަޕްލައި ފެންހުރުން
  7. ވަކި ފެނުގެ މީޓަރެއް ހުރުން

ވީމާ ދެންނެވުނު ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތިން 1500 – 2500 ދެމެދުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަށް މާލެއިން ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅަންޖެހޭ ތަކެތި

  1. 1500 – 2500 އަކަފޫޓާ ދެމެދުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަކަށް މާލެއިން ކުއްޔަށް ދޫކުރާނެ އަގު
  2. ތަނުގެ ރަޖިސްޓަރީގެ ކޮޕީ
  3. އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ
  4. ތަނުގެ ކުރެހުން ބޮޑުމިނާއި ތަފްސީލުތައް އެނގޭ ގޮތަށް
  5. ފާޚާނާގެ އަދަދު އަދި ކޮޓަރި ހުރިނަމަ ކޮޓަރީގެ އަދަދު
  6. ފާޚާނާ ނުވަތަ ކޮޓަރި ނެތްނަމަ ނެތްކަން
  7. ތަނުގެ ފޮޓޯ
  8. އެންމެފަހުގެ ކަރަންޓު އަދި ފެނުގެ ބިލް

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ

  •  ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން
  •  މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

 އޮފީސް ޖާގައެއް ކުއްޔަށް ހިފުމާގުޅޭ އިޢުލާނު ނަންބަރު: (IUL)438-PPS/1/2015/143 

އަންދާސީހިސާބު އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް

  • ހުށަހެޅޭ އަގު (60 މާރކްސް)
  • (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅިއަގު) 60
  • ޝަރުތުތައް ހަމަވެފައިވާ މިންވަރު (20 މާރކްސް)
  • ތަނުގެ ފެންވަރު (20 މާރކްސް)
  • ހުށަހަޅާފައިވާ ފޮޓޯ އަދި ތަނުގެ ކުރެހުމަށް ބަލާފައި

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި ކަމަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަޙަޅުއްވާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚުތިޔާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018368 / 3018431 ނަންބަރު ފޯނަށެވެ.

    މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނަރޖީ

    ހަނދުވަރީ ހިނގުން، މާފަންނު

    މާލެ، 20392

    ދިވެހިރާއްޖެ.

      އީމެއިލް:  waste@environment.gov.mv

19 އޮކްޓޫބަރު 2015