ކުއްޔަށް ހިފުން
ނަންބަރު: MTCC-PD/IU/2015/0160
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 25 އޮކްޓޫބަރު 2015 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ސައިޓް ތަކަށް މުދާ ގެންދިޔުމަށް މުދާ އުފުލާ އުޅަނދެއް ކުއްޔައްދޭނެ ފަރާތެއް ހޯދުން:

އެމްޓީސީސީއިން ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމް ކޮށްފައިވާ ސައިޓްތަކަށް މުދާ ގެންގޮސް ދިނުމުގައި ބޭނުންކުރުމަށް 150 ޓަނަށްވުރެ މަދުނޫން އަދަދަކަށް މުދާ އަރާވަރުގެ ދޯންޏެއް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފަން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ސޯމިލްގެ 1 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 29 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.        

                                 9 މުޙައްރަމް 1437

22 އޮކްޓޫބަރު 2015