ދިވެހިރާއްޖެ
މިކުންފުނީގެ ބޭނުމަށް 1 އަހަރުދުވަހަށް ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 ނޮވެންބަރު 8 ވާ ދުވަހު 1000 ގެ ކުރިން އެސްޓީއޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ނޮވެންބަރު 8 ވާ ދުވަހު އީމެއިލް މެދުވެރިކޮށެވެ.
މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށް 2015 ނޮވެންބަރު 8 ވަނަ ދުވަހު 1400 ގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ނޮވެންބަރު 9 ވާ ދުވަހުގެ 1500 ގެ ކުރިން އީ-މެއިލްގެ ޒަރިއްޔާއިން ފޮނުވަންވާނެއެވެ. އަދި 2015 ނޮވެންބަރު 12 ވަނަ ދުވަހުގެ ކުރިން މި ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ނޮވެންބަރު 19 ވަނަ ދުވަހު 1500 ގައި އެސްޓީއޯ ހެޑް އޮފީހުގައެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯން:, 3344224 3344196
ފެކްސް: 3344633
އީމެއިލް: contracting@stomaldives.net