ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކައުންސިލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 4 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ: |
-/5،020 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1،500 ރުފިޔާ |
މީޑިއާ ކައުންސިލް އެލަވަންސް: |
މުސާރައިގެ 35 ޕަސެންޓް |
އިތުރުގަޑި: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
މަޤާމު އޮތް އޮފީސް: |
މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ |
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް: |
މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާޒް |
މަޤާމުގެ ޝަރުޠުތައް:
|
1. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ފާސްލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސްލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު، ސެކްޝަންތަކުން ހޯދައިގެން ޔައުމިއްޔާ ލިޔުން. 2. އިދާރީގޮތުން ލިޔަންޖެހޭ ސިޓީއާއި ނޯޓް ފަދަ ތަކެތި ލިޔުމާއި، އެފަރާތްތަކަށް ރައްދުކުރުމުގެ ކަންތައް ހަމަޖެއްސުން. 3. އެޗް. އާރު. ސެކްޝަނަށް އަންނަ ސިޓީ ބަލައިގަތުމާއި، ސެކްޝަނުން ލިޔަންޖެހޭ ސިޓީއާއި ނޯޓް ފަދަ ތަކެތި ލިޔުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން. 4. މީޑިއާ ކައުންސިލުގެ އިންވެންޓްރީއާއި އެސެޓް ރެޖިސްޓްރީ ބެލެހެއްޓުން. 5. ހާޒިރީ ހަދައި ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ހެދުމާއި، މުވައްޒަފުންގެ ސަލާމުގެ ކަންތައް ބެލެހެއްޓުމާއި، ޗުއްޓީ ހުއްދަ ހަދައި، ޗުއްޓީގެ ކަންތައް ބެލެހެއްޓުން. 6. ދާއިމީ މުވައްޒަފުންނާ ބެހޭގޮތުން ހަމަޖައްސަންޖެހޭ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން/ވަޒީފާބަޔާން އަދި މިނޫންވެސް މިފަދަ ރަސްމީ ލިޔެކިޔުމުގެ ކަންކަން ބެލެހެއްޓުން. 7. ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުންގެ ޗިޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 8. މުވައްޒަފުންގެ އެޕްރައިޒަލް ފޯމްތައް ތައްޔާރުކޮށް، އެކަން ބެލެހެއްޓުން. 9. ކައުންސިލްގެ އެޗް. އާރު. އެމް. ޑީ. ކޮމެޓީގެ މަސައްކަތްތައް ބެލެހެއްޓުން. 10. އަލަށް ވަންނަންއެދޭ މީހުންނާ ޕެނަލުން އިންޓަވިއުކޮށް ނިމުމުން، އެފަރާތަށް އެކަން އެންގުމާއި، އެފަރާތަށް ވަޒީފާދިނުމާ ބެހޭގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުން. 11. ކައުންސިލުން ބަލަމުންގެންދާ މައްސަލަތައް ބެލުމުގައި އެހީތެރިވެދިނުމާއި، ކައުންސިލްގެ އަހަރީ ރިޕޯޓް ހެދުމުގައި އެހީތެރިވެދިނުން. 12. މީޑިއާ ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ، އެއިރަކު އެހީތެރިކަމަށް ބޭނުންވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
ފޯމް ފޮނުވަންވީ ތާރީޚާއި ތަން: |
2015 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލަށް. |
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، 2015 ޑިސެންބަރު 27 އާއި 31 އާ ދޭތެރޭގައި މި ކައުންސިލުގައި އޮންނާނެއެވެ. |
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް އެދޭ ފޯމު، މި ކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. - އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މި ކައުންސިލުގެ 3003886 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
18 ޞަފަރު 1437 |