މަސައްކަތް
ނަންބަރު: (IUL)10-F/1/2015/178
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި:
20 ޑިސެންބަރު 2015 11:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
700 ބޭފުޅުންނަށް ރިފްރެޝްމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން
މިއަހަރުގެ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާއަށް ވަޑައިގަންނަވާ 700 ބޭފުޅުންނަށް ރިފްރެޝްމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.
03 ރަބީޢުލްއައްވަލް 1437
15 ޑިސެންބަރު 2015