ދިވެހިރާއްޖެ
ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރު ކުއްޔަށް ހިފުމަށް ފުރުޞަތު ހުޅުވާލުން
1. އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލް ސަރަޙައްދުގައިވާ ޓުއަރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރުތައް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަކުން ކަަަައުންޓަރު ކުއްޔަށް ހިފަން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
2. ޓުއަރިސްޓް ރެޕްރެޒެންޓޭޓިވް ކަަަައުންޓަރުތަކުގެ ޒޯން އަދިި މަހު ކުލީގެ އޮނިގަނޑު
2.1 ތިރީގައިވާ ތާވަލަކީ ޒޯންތަކާއި ކައުންޓަރުގެ އަދަދާއި އެ ޒޯންތަކަށް ކުރިމަތިލެވޭނެ ފަރާތްތަކެވެ.
ޒޯން |
ކައުންޓަރުގެ އަދަދު |
ކުރިމަތިލެވޭ ފަރާތްތައް |
މަހުކުލި (އެމެރިކާ ޑޮލަރު) |
ޒޯން ޑީ |
01 |
ރިޒޯޓް ހިންގާ ކުންފުނި، ޓޫރިސްޓް ހޮޓާ، ޓުއަރ އޮޕަރޭޓަރ/ޓްރެވަލް އެޖެންޓް |
467 |
ޒޯން ޖީ |
01 |
ރިޒޯޓް ހިންގާ ކުންފުނި، ޓޫރިސްޓް ހޮޓާ، ޓުއަރ އޮޕަރޭޓަރ/ޓްރެވަލް އެޖެންޓް |
467 |
2.2 ޝަރުޠު ހަމަވާ ފަރާތްތަކަށް ދޭނެ ކައުންޓަރު ކަނޑައެޅުމަށް ނަގާ ގުރުއަތުން ހޮވޭ ކައުންޓަރު ގަބޫލުކުރަންވާނެއެވެ. ގުރުއަތުން ހޮވޭ ކައުންޓަރު ގަބޫލުނުކުރާނަމަ އެފަރާތެއްގެ އެޕްލިކޭޝަން އެމް.އޭ.ސީ.އެލް އިން ބާޠިލުކުރާނެ ވާހަކަ ދަންނަވަމެވެ.
3. ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހެޅުން ލާޒިމު ލިޔުންތައް
ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީއެވެ.
3.1 ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް.
3.2 ކުންފުނި ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ހުއްދަ.
3.3 ޓީ.ޖީ.އެސް.ޓީ ސެޓްފިކެޓް.
4. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
އެޕްލިކޭޝަން ހުށަހެޅުމާ ގުރުއަތު ނެގުމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމުގެ ބައްދަލުވުން 24 ޑިސެންބަރު 2015 ވަނަ ދުވަހުގެ 10:30 ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޯޕަރޭޓް ބިލްޑިންގގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކަަަައުންޓަރެއް ކުއްޔަށް ހިފަން ޝައުޤުވެރިވާ އަދި ޝަރުޠު ހަމަވާ އެންމެހައި ފަރާތްތަކުގެ އެއް މަންދޫބު މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.
5. އެޕްލިކޭޝަން ހުށަހެޅުން
އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ 27 ޑިސެންބަރު 2015 ވަނަ ދުވަހުން ފެށިގެން 29 ޑިސެންބަރު 2015 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 15:30 އަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ކޮމަރޝަލް އެންޑް މާރކެޓިންގ ސެކްޝަނުންނެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުން، ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކަަަައުންޓަރުތައް ކުއްޔަށް ދޫކުރުމުގެ އެގްރީމެންޓްގެ ޑްރާފްޓެއް އެފަރާތަކާ ހަވާލުކުރެވޭނެއެވެ.
6. ގުރުއަތުލުމުގެ ބައްދަލުވުން
ގުރުއަތުލުމުގެ މަރުޙަލާއަށް ހޮވުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ހަމަޖެހިފައި ވަނީ 31 ޑިސެންބަރު 2015 ވަނަ ދުވަހުގެ 10:30 ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޯޕަރޭޓް ބިލްޑިންގ ގައެވެ. ގުރުއަތަށް ހޮވިފައިވާ އެންމެހައި ފަރާތްތަކުގެ އެއް މަންދޫބު މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާކަމެކެވެ. ގުރުއަތުލުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅަކީ ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅެއްކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ.
7. އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ކޮމަރޝަލް އެންޑް މާރކެޓިންގ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ހުޅުލެ 22000
ދިވެހިރާއްޖެ
ފޯނު: 3337156، 3337215، 3337495، 3337047
އީ-މެއިލް: cm@macl.aero