ކުއްޔަށް ހިފުން
ނަންބަރު: 60-ADM/2015/392
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 05 ޖަނަވަރީ 2016 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

1 އަހަރުދުވަހުގެ މުއްދަތަށް އެސްޓީއޯގެ ބޭނުމަކަށް ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

1 އަހަރުދުވަހުގެ މުއްދަތަށް އެސްޓީއޯގެ ބޭނުމަކަށް ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:             1 އަހަރުދުވަހުގެ މުއްދަތަށް އެސްޓީއޯގެ ބޭނުމަކަށް ދޯންޏެއް ކުއްޔަށްދިނުން

މަސައްކަތުގެ ވެރިފަރާތް:     ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:         2016 ޖަނަވަރީ 5 ވަނަ ދުވަހު 10:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:     ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ޖަނަވަރީ 6 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށެވެ.

މަޢުލޫމާތު ދިނުން:         ރަޖިސްޓަރީ ކުރައްވާއިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2016 ޖަނަވަރީ 7 ވަނަ ދުވަހު 15:30 ގައި އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:          ރަޖިސްޓަރީ ކުރެއްވުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ޖަނަވަރީ 13 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުއްވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށްް 2016 ޖަނަވަރީ 18 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:           ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ޖަނަވަރީ 24 ވަނަ ދުވަހު 14:30 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

މަޢުުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންވާ ފަރާތްތަކާއި ގަޑިއަށް ހާޒިރުވެ ނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:     3344224 ، 3344180

ފެކްސް:  3344633

އީމެއިލް: contracting@stomaldives.net

28 ޑިސެންބަރު 2015