މަސައްކަތް
ނަންބަރު: (IUL)10-F/1/2016/01
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި:
18 ޖަނަވަރީ 2016 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނި އުކާލަދޭނެ ފަރާތެއް ހޯދަން
އިޢުލާން
މި މިނިސްޓްރީގެ ދަށުން ކުލުނުވެހި (ޝީ ބިލްޑިންގގެ 07 ވަނަ ފަންގިފިލާ) ގައި ހިންގަމުންގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްގައި އުފެދޭ ކުނި 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އުކާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
01 ރަބީޢުލްއާޚިރު 1437
11 ޖަނަވަރީ 2016