ނީލަން
ނަންބަރު: (IUL)231-AH/231/2016/03
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:30
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
04 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ "މައިދޫ" ލޯންޗާއި އެލޯންޗުގައި އަޅާފައިވާ 2 އިންޖީނު، އަދި "ސަލާމް" ލޯންޗުން ނަގާފައިވާ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން

މިއިދާރާގެ "މައިދޫ" ލޯންޗާއި އެލޯންޗުގެ 2 އިންޖީނު އަދި މިއިދާރާގެ " ސަލާމް" ލޯންޗުން ނަގާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ހުށަހަޅަމެވެ.

ލޯންޗާއި އިންޖީނާބެހޭ މަޢުލޫމާތު

ނީލަން ނަންބަރު

ބާވަތް  (އިތުރު ތަފުސީލާއެކު)

01

01 ލޯންޗް  ގަލްފް

ދިގުމިން: 10.970 މީޓަރ

ފުޅާމިން: 2.990 މީޓަރ

ފުންމިން: 1.350 މީޓަރ

ގްރޮސްޓަނޭޖް: 4.950 މީޓަރ

ލޯންޗުގެ ބާވަތް: ފައިބަރ

އިންޖީނުގެ ހަކަތައިގެ ބާވަތް: ޕެޓްރޯލް

އޮޑީ ނަންބަރު: 0110T39

ދުއްވަންފެށި ތާރީޚު: 24 ޑިސެންބަރު 2002

މީހުން އުފުލޭ އަދަދު: 22

ރަޖިސްޓަރީ ނަންބަރު: G3341A-02 02-G

މި ލޯންޗް މަރާމާތުކޮށް ނިމިގެން ބާލަން ތައްޔާރުވެފައި

އިންޖީނުގެ މަޢުލޫމާތު

2 އިންޖީނު ޔަމަހާ ޓޫސްޓްރޯކް 200 ހޯސްޕަވަރގެ

1 އިންޖީނުގެ ގިއަރ މައްސަލަ ޖެހިފައި

1 އިންޖީނު ރަނިން ކޮންޑިޝަންގައި

ލޯންޗާއި 2 އިންޖީނު ހުރިތަން

ތިލަފުށީ ގަލްފް ކްރާފްޓް ސަރވިސް ސެންޓަރުގެ ސައިޓްގައި 

02

02 އިންޖީނު ޔަމަހާ ޓޫސްޓްރޯކް 200 ހޯސްޕަވަރގެ (ސަލާމް ލޯންޗުން ނަގާފައި)

01 އިންޖީނު ޕިސްޓާން ހަލާކުވެފައި، އަނެއް އިންޖީނު ރަނިންގ ކޮންޑިޝަންގައި

މައިދޫ ލޯންޗާއި ލޯންޗުގެ 2 އިންޖނުގެ ނީލަން ފެށޭ އަގަކީ -/500000 (ފަސްލައްކަ) ރުފިޔާއެވެ. ނީލަމަށް މަދުވެގެން އިތުރުކުރެވޭނީ -/1000 (އެއްހާސް) ރުފިޔާއެވެ.

ސަލާމް ލޯންޗުން ނަގާފައިވާ 2 އިންޖީނުގެ ނީލަން ފެށޭ އަގަކީ -/100000 (އެއްލައްކަ) ރުފިޔާއެވެ. ނީލަމަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ -/1000 (އެއްހާސް) ރުފިޔާއެވެ.   

ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 13:00 ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 5 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.  

ވީމާ، މިނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2016 ޖަނަވަރީ 20 ވަނަ ދުވަހުން ފެށިގެން މިއިދާރާއަށް ލިޔުމަކުން އަގު ހުށަހެޅުއްވަމުން ގެންދެވުން އެދެމެވެ. މިއިދާރާގެ ފެކްސް ނަންބަރަކީ 6620043 އެވެ. އީމެއިލް lh.atolloffice@gmail.com އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6620261 ފޯނަށް ގުޅުއްވުން އެދެމެވެ.

04 ރަބީޢުލްއާޚިރު 1437

14 ޖަނަވަރީ 2016