1- ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ކުދިންނާއި މީހުންނާއެކީ މަސައްކަތްކުރުމަށް އެކްޝަން ޕްލޭން ތައްޔާރުކޮށް، ޙާލަތު ބަލައި ހަމަޖެހިފައިވާ އުސޫލެއްގެ މަތިން މޮނިޓަރކޮށް އެފަރާތްތަކަށް ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކޮށް ޙަރަކާތްތެރިވުން.
2- ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެމައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރުކުރުމަށްފަހު އެސެސްމަންޓް ހަދައި، ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުން.
3- މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
4- މިނިސްޓްރީއަށް ހުށަހެޅިގެން ކުރިއަށް ގެންދެވޭ މައްސަލަތަކުގައި ގަވާއިދުން ހޯމް ވިޒިޓް ހެދުން އަދި މައްސަލައިގައި ހިމެނޭ ކުޑަކުދިންނާއި، އަންހެނުން، ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ސީދާ ބައްދަލުވެ ހާލަތު ބެލުން.
5- ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ލިބޭފަދަ ސީރިއަސް ނުވަތަ ކުއްލިހާލަތެއް ދިމާވެއްޖެނަމަ އެމައްސަލައެއް ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓްކުރުން އަދި ވެރިޔާގެ ލަފާގެމަތިން މައްސަލާގައި ހިމެނޭ ވިކްޓިމްއަށް، ކަމާގުޅޭ ދާއިރާތަކާ ގުޅިގެން އަވަސް ޙިމާޔަތެއް ހޯދައިދިނުމަށް މަސައްކަތްކުރުން.
6- އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހާލަތުބެލުމަށް (މަޢުލޫމާތު ނެގުމަށް) ނުވަތަ އެފަދަ ކުއްޖެއް/މީހެއް ކުއްލިގޮތަކަށް މާލެ ގެނައުމަށް ރަށްރަށަށް ދާންޖެހިއްޖެ ހިނދެއްގައި އެ ރަށަށްގޮސް މަޢުލޫމާތު ނެގުން ނުވަތަ ޕްރޮސީޖަރގައިވާ ގޮތުގެ މަތިން އެފަދަ ފަރާތްތައް މާލެ ގެނައުން.
7- މިނިސްޓްރީގެ ދަށުން ބަލަހަންޓަމުންގެންދާ، ކުޑަކުދިންގެ ހިޔާ އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން އެހީއަކަށް ބޭނުންވެއްޖެ ހިނދެއްގައި ޕްރޮސީޖަރގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިއުން.
8- އަތޮޅުތަކުގެ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަތޮޅުތަކުގެ ސްޓާފުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން
9- ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ކުދިންނާއި މީހުންނާއެކީ މަސައްކަތްކުރާ މުވައްޒަފުން ސުޕަވައިޒުކުރުމުގެ މަސައްކަތްކުރުން.
10- ހަމަޖެހިފައިވާ ޤަވާޢިދުގެ މަތިން އޮންކޯލް އަދި ހެލްޕްލައިން ޑިޔުޓީ އަދާކުރުމާއި ކޭސް އެލޮކޭޝަންގައި ބައިވެރިވުން
11- ކުޑަކުދިންނާއި، އަންހެނުން، ޢާއިލާތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާ ބެހޭގޮތުން މުޖްތަމަޢު (އެންޖީއޯ، މީޑިޔާފަދަ ދާއިރާތަށް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުމުގައި އެހީތެރިވުން
12- މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވުން
13- އެކިއެކި މަސައްކަތްތަކުގައި މުއާމަލާތް ކުރާއިރު ވަކިޖިންސަކަށް ވަކި ގިންތިއަކަށް ވަކި އުމުރަކަށް ނުވަތަ މީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް ބެލުމަކާ ނުލައި ހަމަހަމަ އުސޫލެއްގެ މަތިން މަސައްކަތް ކުރުން
14- އެ މުވައްޒަފަކު ހަވާލުވެގެން ކުރެވޭ ހުރިހާ މަސައްކަތެއް ގަވާއިދުން ފައިލްކުރުން އަދި ޙަވާލުވެގެންކުރާ މަސައްކަތުގެ ރިކޯޑުތައް މިނިސްޓްރީގެ ސަރވަރއަށް ގަވާއިދުން އަޕްޑޭޓް ކުރުން
15- އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން
16- ޙަވާލުކުރެވޭ ކޭސްތަކުގެ މަޢުލޫމާތު ޑޭޓާބޭސްއަށް އެޅުމަށްޓަކައި އެ މަސައްކަތްކުރާ މުވައްޒަފުންނަށް މަޢުލޫމާތު ފޯރުކޮށް ދިނުން.
17- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް ޢަމަލު ކުރުން.
|